logo minivan

English

އަންގާރަ, 16 ޖުލައި 2024
މުޒާހަރާގެ ބައިވެރިން، ޕާކު ނުކުރެވޭ ގޮތްތައް ބަންދުކޮށްފައިވާ ސަރަހައްދުގައި

ވެލާނާގޭ މުވައްޒަފުންގެ ކަންބޮޑުވުމަކީ ސައިކަލުތައް ޓޯކުރުން

ސަރުކާރުގެ ގިނަ އޮފީސްތައް ހިންގާ ވެލާނާގެ ބިލްޑިންގްގެ ކައިރީގައި ހަދާފައިވާ ޕާކިން ޒޯނުގައި ސައިކަލްތައް ޕާކް ނުކުރެވޭ ގޮތް ހަދާ ސައިކަލުތައް ޓޯ ކޮށްފައިވާތީ އެ ބިލްޑިންގުގަ އުޅޭ ބައެއް މުވައްޒަފުން މުޒާހަރާ ކޮށްފިއެވެ.

މުވައްޒަފުންގެ ކަންބޮޑުވުން ތަކަކީ،  ވެލާނާގެ ބިލްޑިންގު ކައިރީ ހަދާފައިވާ ޕާކިން ޒޯނުގައި ޕާކް ކުރުން ކުއްލި ގޮތަކަށް މަނާކުރުމާ، އޮފީސް ދުވަހެއްގަ އެންގުމެއް ނެތި ސައިކަލުތައް ޓޯ ކުރުމާ، ޕާކުކުރެވޭނެ ގޮތެއް ނެތުމެވެ.

"މިއަދު އައި އިރު މިއޮތީ މިސަރަހައްދު ސަތަރި ޖަހާ ބަންދުކޮށްފަ ، އެހެންވެ މި އިހުތިޖާޖު ކުރަނީ " މުޒާހަރާގެ ބައިވެރިއަކު 'މިނިވަން' އަށް ކިޔައިދިނެވެ.

މުޒާހަރާގެ ބައިވެރިން ބުނީ، މިއީ އެ އިމާރާތުގައި ހިންގާ ހުރިހާ އޮފީހެއްގެ އާދައިގެ މުވައްޒަފުންގެ ކަންބޮޑުވުމެއްކަމުގައެވެ.

" މިތާ މިތިބީ ހަމަ ހުރިހާ އޮފީހެއްގެ އާދައިގެ ސިވިލްސާވިސް މުވައްޒަފުން، ސިޔާސީ ވެރިންނަށް ، މިއިމާރާތުގެ ތިރީގަ ވެސް ޕާކު ކުރަން ޖާގަ ލިބޭ، އާދައިގެ މީހުނަށް ނެތް ޖާގަ އެއް " މުޒާހަރާގެ ބައިވެރިޔަކު ބުންޏެވެ.

އިހުތިޖާޖު ކުރާ މުވައްޒަފުން ރައްޔިތުންގެ މަޖިލިހުގެ އިދާރާ ކައިރި އަށް ވެސް ދިޔައެވެ. މިއަދު މަޖިލީހުގެ ސަމާލުކަމަށް ވަނީ މިމައްސަލަ އައިސްފައެވެ.

އިހުތިޖާޖު ގެ ދެވަނަ ބައިވެރިއަކު ވެސް ' މިނިވަން' އަށް އެމީހުންގެ ކަންބޮޑުވުންތައް ކިޔައިދިނެވެ.

" ފުރަތަމަ ކަމަކީ މިތާ ކުރިމަތީ އެ އޮތް ގްރީން ޒޯނު، މީހުން އެއްވާން ފުރުސަތު ދީފަ، ޕާކިން ޒޯނެއް ނުހަދާ އެ އޮތީ، ދެވަނަ ކަމަކީ މިމަހު 12 ވަނަ ދުވަހު މިސަރަހައްދުގަ އޮތްހާ އެއްޗެއްގަ ސްޓިކާ ޖެހީ އަންގާ ވެސް ނުލާ،  ތިން ވަނަ ކަމަކީ ، މިހިރަ ދަގަނޑު ޕާކިން އެކޭ ކިޔާފަ ބޮޑު އެތިގަނޑެއް އެއިންނަނީ ބޭކާރު، އޭތި ނަގާނަމޭ ކިޔާފަ ނުވެސް ނަގާ، އަނެއްކާ މިސަރަހައްދުގަ އޮތްހާ ސައިކަލެއް ނެގި، ޓޯ ކުރީ  އަންގާލުމެއް ނެތި، އަޅުގަނޑުމެން ދެން ކޮންތާކު ތޯ ޕާކު ކުރަންވީ "

ވެލާނާ ބިލްޑިންގްގެ ކުރިމަތީގައި ގަވާއިދާ ހިލާފަށް ރަސްމީ ގަޑީގައި ޕާކް ކޮށްފައި ހުރި، ހުރިހާ ސައިކަލެއްގައި މިދިޔަ އާދިއްތަ ދުވަހު ފުލުހުން ސްޓިކާ ޖަހާފައިވާ އިރު އެ އިމާރާތް ހުންނަ އަމީރު އަހްމަދު މަގުން، އެ އިމާރާތުގެ ކުރިމަތީގައި ވެހިކަލް ޕާކުކުރުމަކީ ކުރިން ވެސް މަނާކަމެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *