logo minivan

English

އަންގާރަ, 16 ޖުލައި 2024

އެމްޑަބްލިއުއެސްސީގެ ފްލެޓުތަކުގެ ތަޅުދަނޑި މުވައްޒަފުންނާ ހަވާލުކޮށްފި

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އިމާރާތް ކުރި ފްލެޓުތައް ދޫކޮށް، ތަޅުދަނޑި ހަވާލުކޮށްފި އެވެ.

""މަލަސް ރެސިޑެންސް" ގެ ނަން ދީފައިވާ އެ ފްލެޓުތައް ހުންނަނީ ދެ ވަނަ ފިޔަވަހީގެ ސްޓެލްކޯ ފްލެޓުތަކުގެ ދެކުނުންނެވެ. އެތަނުގައި ޖުމްލަ 192 އެޕާޓްމަންޓު ހުރި އިރު އެއީ ތިން ކޮޓަރީގެ 60 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 40 އެޕާޓްމަންޓާއި އެއް ކޮޓަރީގެ 92 އެޕާޓްމަންޓެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފުލެޓްތައް އިފްތިތާހްކޮށްދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރުއެވެ. އެ ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި އެކުންފުނީގެ މެނޭޖްމަންޓް ޓީމާއި އަދި މުވައްޒަފުންގެ އިތުރުން މަޝްރޫއުގެ ކޮންޓްރެކްޓަރުގެ އޮފިޝަލުންވެސް ބައިވެރިވެފައިވެއެވެ.

"މަލަސް ރެސިޑެންސް" ގައި ކުޑަކުދިންނަށް ހާއްސަ ކުރެވިގެން ކުޅޭ އޭރިއާއަކާއި، ފިހާރައެއްގެ އިތުރުން، އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ޕާކް ކުރުމަށް އިމާރާތުގެ ދެފަރާތުން ޕާކިން ޒޯނެއްވެސް އޮވެ އެވެ.

ޗައިނާގެ ކުންފުންޏެއް ކަމަށްވާ ‘ދި ޓްވެޓްޓީ ތާޑް މެޓަލާންޖިކަލް ކޮންސްޓްރަކްޝަން ގުރޫޕް ކޯ ލ.ޓ.ޑ އޮފް މިނެމެޓަލްސް’ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ އެޅި އެ ފްލެޓްތައް ލިބުނު ފަރާތްތަކަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ލުއި ގޮތެއް ހެދުމުގެ ގޮތުން،  އިސްލާމިކް ބޭންކް މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *