މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން 3000 މެންބަރުން ހަމަކޮށްފިއެވެ.
ސަރުކާރުގެ ކޯލިޝަން ގައި ހިމެނޭ އެމްއާރުއެމް ޕާޓީގެ ރަޖިސްޓްރާ ޝަހީދާ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ނީ އެޕާޓީން 3،000 މެންބަރުން ހަމަކޯށް އިލެކްޝަން ކޮމިޝަން އަށް އިއްޔެ އެ ފޯމްތައް ހުށައަޅާފައިވާ ކަނަށެވެ.
އެމް.އާރް.އެމް އަށް 3000 މެންބަރުން ހަަމަކޮށް މިއަދު ވާނީ @ElectionsMv އަށް ފޯމް ހުށަހަޅާފައި. @MRM_Office @dhuvasmv @Mihaarunews @avasmv @minoosmv @VaguthuOnline @cnm_mv @sunbrk @KhabaruOnline @dhidaily
— Shahydha 🇲🇻 (@Shahydha) February 27, 2023
އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ 3000 މެންބަރުން ހަމަނުވާ ޕާޓީތައް އުވާލާނެ ކަމަށް އިއުލާން ކޮށްފައެވެ. އެގޮތުން އެކޮމިޝަނުން ވަނީ އެމްއާރުއެމް އަށް މެންބަރުން ހަމަނުވާކަމަށް ބުނެ ނޯޓިސް ފޮނުވާފައެވެ.
3000 މެންބަރުން ހަމަ ނުވުމުގެ ސަބަބުން ޑީއާރުޕީ އުވާލުމަށް މިހާރުވަނީ އިލެކްޝަން ކޮމިޝަނުން އެޕާޓީއަށް އަންގާފައެވެ.