logo minivan

English

ބުދަ, 24 ޖުލައި 2024
މުޒާހަރާގެ ބައިވެރިން، ޕާކު ނުކުރެވޭ ގޮތްތައް ބަންދުކޮށްފައިވާ ސަރަހައްދުގައި

އެއްވެސް ހާލަތެއްގައި އުޅަދުތައް ޓޯކުރާކަށް ނާންގަން: ޕްލޭނިން މިނިސްޓްރީ

އެއްވެސް ހާލަތެއްގައި އުޅަނދުތައް ޓޯ ކުރަން ޕްލޭނިން މިނިސްޓްރީއިން އަންގާފައި ނުވާނެކަމަށް އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަކްރަމް މިހެން ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު މުއިއްޒު ކުރެއްވި ތުހުމަތަކާ ގުޅިގެންނެވެ.

ވެލާނާގެ ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލުތައް ޓޯ ކުރުމާގުޅިގެން ވެލާނާގެ ބިލްޑިންގް ގައި މަސައްކަތްކުރާ ސަރުކާރުގެ މުވައްޒަފުން މިއަދު މުޒާހަރާ ކުރުމާ ގުޅިގެން މާލެ ސިޓީ ކައުންސިލުގެ މޭޔަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސައިކަލުތައް ޓޯކޮށްފައި ވަނީ ޕްލޭނިން މިނިސްޓްރީއިން އަންގައިގެން ކަމުގައެވެ.

ވެލާނާގެ ސަރަހައްދުގައި ޕާކިންގ މައްސަލައިގައި ވެލާނާގޭގައި މަސައްކަތް ކުރާ ސަރުކާރު މުވައްޒަފުން ވަނީ މުޒާހަރާ ކޮށްފައެވެ. އެމުވައްޒަފުން މުޒާހަރާ ކުރީ "ޕާކު ކުރާނެ ތަނެއް ނުދައްކައި" ވެލާނާގެ ސަރަހައްދުގައި ހުރި ސައިކަލްތައްް ޓޯވ ކުރުމާއި އަދި ސްޓިކާޖެހުން އިތުރުވުމާ ގުޅިގެންނެވެ.

 

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *