logo minivan

English

އަންގާރަ, 23 ޖުލައި 2024

މަހާނަ ތަކަަށް ގެއްލުންވާތީ ހުކުރު މިސްކިތު ގަބުރުސްތާނުން ގަސްތަކެއް ނަގަނީ

މާލޭ ހުކުރު މިސްކިތުގެ ގޯތިތެރޭގައި ހުރި ބައެއް ގަސްތަކުގެ ސަބަބުން ގަބުރުސް ތާނުގެ ގާތަކަށް އެކި ވަރުގެ ގެއްލުން ލިބެމުން ދާތީ އެ ގަސްތަށް އެހެން ތަނަކަށް ބަދަލު ކުރަން ސަގާފީ ތަރިކަތަކާ ބެހޭ ގައުމީ މަރުކަޒުން ނިންމައިފިއެވެ.

ސަގާފީ ތަރިކަތަކާ ބެހޭ މަރުކަޒުން ބުނީ،  މަހާނަ ގާތަކަށް ގެއްލުން ވަމުން އަންނަނީ ހުކުރު މިސްކިތުގެ ދެކުނު ފަރާތަށް ވާ ގޮތަށް ހުރި ގަސްތަކުގެ ސަބަބުން ކަމަށެވެ.

ގަސްތަކުގެ ސަބަބުން މަހާނަ ގާތަކަށް ގެއްލުން ވަމުންދާތީ ގަސްތަށް ނަގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕާކަށް ގެންދިއުމުގެ މަސައްކަތް ސަގާފީ ތަރިކަތަކާ ބެހޭ ގައުމީ މަރުކަޒާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެ މަރުކަޒުން ބުންޏެވެ.

މާލޭ ހުކުރު މިސްކިތަކީ ދިވެހިރާއްޖޭގައި މިހާރު ހުރި އާސާރީ ބިނާތަކުގެ ތެރެެއިން އެންމެ ދުވަސްވީ އެއް ބިނާއެވެ. އެ މިސްކިތް ބިނާ ކުރީ މީލާދީން 1656 ވަނަ އަހަރުގައެވެ. މި މިސްކިތަށް މިހާރު 360 އަހަރަށްވުރެ ގިނަ އަހަރުވެފައިވާއިރު، ހުކުރު މިސްކިތް ބަލަހައްޓަމުން އަންނަނީ ސަގާފީ ތަރިކަތަކާ ބެހޭ ގައުމީ މަރުކަޒުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *