logo minivan

English

އަންގާރަ, 23 ޖުލައި 2024

މަކަރާއި ހީލަތުން ރާއްޖެއަށް މުދާ އެތެރެ ކުރި މީހަކު ހައްޔަރުކޮށްފި

މަކަރާއި ހީލަތުން އޮޅުވާލައިގެން ރާޢްޖެއަށް މުދާ އެތެރެކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުގެ ކުންފުނިތަކުން ދިވެހި ރާއްޖެއަށް މުދާ އެތެރެކޮށް އެ މުދަލުގެ އަގު އަދާކުރުމުގެ ގޮތުން އެފަރާތްތަކަށް ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފަރ (ޓީ.ޓީ) ފޮނުވައި، މަކަރާއި ހީލަތުން އޮޅުވާލައިގެން މުދާ އެތެރެކޮށް، އެމުދާ ރާއްޖޭގައި ވިއްކާ މަންފާ ހޯދަމުންދާކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދައި ހައަޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައަސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަޝުން 37 އަހަރުގެ ދިވެހި ފިރިހެނެއް ހައަޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން މާލޭގައި އޭނާ ދިރިއުޅެމުންދާތަން ބަލާ ފާސްކޮށްފައި ވާކަމަށް ވެސް ފުލުހުން ބުންޏެވެ.

މިމައްސަލަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާރޓްމަންޓުން ދަނީ ތަހުގީގު ކުރަމުން ކަމށްވެސް ފުލުހުން ބުންޏެވެ.

މަކަރާ ހީލަތުން ފޭސް ސްލިޕްތައް ފޮނުވައިގެން ވިޔަފާރި ކުރުމަކީ ދޭރެދޭތެރެއިން ފެންމަތިވާ މައްސަލައެވެ. ނަމަވެސް ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް އޮޅުވާލައިގެން މުދާއެތެރެ ކުރިކަމުގެ ތުހުމަތުގައި މިއީ މިފަހުން މީހަކު ހައްޔަރުކުރި ފުރަތަމަ ފަހަރެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *