logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024
އާންމުވެފައިވާ ވީޑިއޯގެ ސްކްރީން ޝޮޓެއް

ޖޫސްޓައިމް ކެފޭއަށް ގެއްލުން ދިން މައްސަލާގައި ހަތް މީހަކު ހައްޔަރުކޮށްފި

މިދިޔަ ފެބްރުއަރީމަހުގެ 17 ވަނަ ދުވަހު ހުޅުމާލޭ ޖޫސްޓައިމް ކެފޭ އަށް ބަޔަކު ވަދެ ގެއްލުން ދިން މައްސަލާގައި ހުޅުމާލޭން ހަތް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި އިއްޔެ ހަތް މީހަކު ހައްޔަރުކުރީ ކޯޓްއަމުރެއްގެ ދަށުން ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމަށް ފަހު ކަމަށެވެ. އެ އެޕާޓްމަންޓް ބަލައި ފާސްކުރި އިރު މާރާމާރީ ހިންގަން ބޭނުންކުރާ ތަކެއްޗާއި މަސްތުވާތަކެތި ފެނުނު ކަމަށް ވެސް ބުންޏެވެ.

އެ މައްސަލާގައި ހައްޔަރުކުރި އެންމެންނަކީ ވެސް ދިވެހިން ކަމަށާއި އޭގެ ތެރޭގައި އަންހެނަކު ހިމެނޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު ކެފޭއަކަށް ގެއްލުންދީފި

ހުޅުމާލޭގައި ހުންނަ ޖޫސްޓައިމްސް ކެފޭއަށް ގެއްލުން ދިނީ މޫނު ނިވާކޮށްގެން ތިބި ބައެކެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ވީޑިއޯއަކުން ފެންނަނީ ހެލްމެޓް އަޅައި، މޫނު ނިވާކޮށްގެން ތިބި ދެ ފިރިހެނުން ހުޅުމާލޭގައި ހުންނަ " ޖޫސް ޓައިމް" އަށް ވަދެ ތަނަށް ގެއްލުންދޭ މަންޒަރެވެ.

އެއިރު އެތަނުގައި މީހުން ވެސް ތިއްބެވެ. އެމީހުން ވަދެ މޭޒު މަތީގައި ބަހައްޓާފައި ހުރި އެއްޗެހިތަކެއް ބިން މައްޗަށް އުކާލައި މަރުތޭލުން އެކި ތަންތަނުގައި ތަޅާ ގެއްލުންދެއެވެ. ވީޑިއޯއިން ފެންނަގޮތުގައު އެ ތަނުން އެކަކު އެކައުންޓަރުގެ ވަތްގަނޑުން އެއްޗެހިތަކެއް ނަގައިގެން ޖީބަށް ވެސް ލައެެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *