logo minivan

English

ބުދަ, 24 ޖުލައި 2024
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް

އިންތިހާބާ ބެހޭ މަޝްވަރާއަށް ގާސިމް ރައީސް އޮފީހަށް ވަޑައިގެންފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ރައީސް އޮފީހަށް ވަޑައިގެންފި އެވެ.

ވެރިކަން ކުރާ ކޯލިޝަނުގައި މިހާރު ވެސް ހިމެނޭ ޖޭޕީން ކުރިއަށް އޮތް އިންތިހާބުގައި ވެސް އެމްޑީޕީއާ އެކު ކޯލިޝަނެއް ހަދަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ކުރިން ދައުވަތު ދެއްވައިފަ އެވެ. އެ ދައުވަތު ދެއްވަން ރައީސްގެ ފަރާތްޕުޅުން މަންދޫބުން ވެސް މީގެ ކުރިން ވަނީ ގާސިމާ ބައްދަލުކުރައްވައިފަ އެވެ.

އެހެން ނަމަވެސް މިއަދުގެ މަޝްވަރާތަކާ ބެހޭ ތަފްސީލުތަކެއް އަދި ނުލިބެ އެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެން ނުވަތަ ކެންޑިޑޭޓަކު ނުނެރެ، އެމްޑީޕީއާ އެކު ކޯލިޝަނެއް ހަދައިގެން ކުރިއަށް ދިއުމާ މެދު އެޕާޓީން އަދި ގޮތެއް ނުނިންމަ އެވެ. އެޕާޓީން ކުރިން ބުނެފައި އޮތީ އެކަމާ މެދު ގޮތެއް ނިންމާނީ އެޕާޓީގެ ކައުންސިލު އަލުން އިންތިހާބު ވުމަށް ފަހު އެ ކައުންސިލުން ކަމަށެވެ. ފެބްރުއަރީ 24 އިން 26 އަށް އެޕާޓީން ބޭއްވި ގައުމީ ކޮންފަރެންސްގައި އެތެރޭގެ އިންތިހާބު ބާއްވައި، ކައުންސިލް ވަނީ އިންތިހާބު ކޮށްފަ އެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެން ގޮވާލައި އެޕާޓީގެ ގައުމީ ކޮންފަރެންސްގައި ގަރާރެއް ވެސް ފާސްކުރި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *