logo minivan

English

އަންގާރަ, 16 ޖުލައި 2024
ފައިސާ ގެއްލޭ މައްސަލައިގައި ކަމާ ބެހޭ އިދާރާތަކުން މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް މައުލޫމާތު . ދެއްވަނީ

ފައިސާ ގެއްލޭ މައްސަލަ: ބީއެމްއެލް، އެމްއެމްއޭ، ކޭމް އަދި ފުލުހުން މަޖިލީޙަށް

ސްކޭމްގެ ކޯލްތަކާއި ޕިޝިން ލިންކްތައް ފޮނުވުން ފަދަ ކަންތައްތަކުގެ ތެރެއިން މީހުންގެ އެކައުންޓުން ފައިސާ ގެއްލޭ މައްސަލާގައި މައުލޫމާތު ދޭން ބޭންކް އޮފް މޯލްޑިވްސާގެ އިސް ބޭފުޅުންނާއި މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާއި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ އިސް ބޭފުޅުން އަދި ފުލުހުން މިއަދު ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންފި އެވެ.

ސްކޭމްގެ ތެރެއިން ފައިސާ ގެއްލޭ އިރު އޭގެ ތެރެއިން ގިނަ ފައިސާއަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންގެ އެކައުންޓްތަކުން ގެއްލޭ ފައިސާ ކަމަށް ވިދާޅުވެ، ކުއްލި މައްސަލައެއްގެ ގޮތުގައި އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. އެއްވެސް ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ އެ މެމްބަރު މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ހުށަހެޅުއްވި އެ މައްސަލަ ބަލައިގަންނަން އެދުވަހުގެ ޖަލްސާއިން ފާސްކުރި އެވެ.

އެ މައްސަލަ ބަލައިގަންނަން ފާސްކުރުމުން އެ މައްސަލަ މިހާރު ބަލަމުން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޮޕްރައިޒް ކޮމިޓީ (އެސްއޯއީ) ކޮމިޓީންނެވެ.

އެ މައްސަލާ ބެހޭ ގޮތުން ކޮމިޓީން ސާފުކުރަން  ބޭނުންވާ މައުލޫމާތު ދެއްވަން އިރާރާތަކުގެ އިސް ބޭފުޅުން ވަޑައިގެން މިއަދު ބޭއްވި ބައްދަލުވުން ސިއްރުކުރަން ކޮމިޓީން ނިންމީ އެ އިދާރާތަކުން ދޭން ހުރި މައުލޫމާތުތަކުގެ ތެރޭގައި ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ މައުލޫމާތާއި ކުށްކުރާ މީހުންނަށް އެހީއަކަށް ވެދާނެ މައުލޫމާތު ހިމެނޭތީ އެވެ. ބައްދަލުވުން ސިއްރުކުރަން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީގެ ބައްދަލުވުން ހުޅުވާލައިގެން ކުރިއަށް ގެންދިއުމާ ދޭތެރޭ އިދާރާތަކުން ހިޔާލު ފާޅުކުރަން ހުޅުވައިލި ފުރުސަތުގައި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ބުނީ އެ ބައްދަލުވުމުގައި ދައްކަން ހުރި ވާހަކައިގެ ތެރޭގައި ގައުމީ ސަލާމަތަށް ކޮންމެވެސް ވަރަކަށް ހުރެދާނެ ކަމަށެވެ. ކުށްކުރާ މީހުންނަށް ފައިދާ ކުރާނެ ވާހަކަތައް އޭގެ ތެރޭގައި ހިމެނިދާނެ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

އެމްއެެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ހުޅުވާލައިގެން ކުރިއަށް ގެންދާ ނަމަ ހާމަ ކުރެވޭނީ ހާމަކޮށްގެން ގެއްލުމެއް ނުވާނެ ފަދަ މައުލޫމާތު އެކަނި ކަމަށެވެ. ފުލުހުން ވެސް ބުނީ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަންތައްތައް "ވަރަށް އޯޕަންކޮށް" ކޮމިޓީއަށް ދޭން ބޭނުންވާ ކަމަށެވެ.

ބީއެމްއެލް އިން ބުނީ ހުޅުވާލައިގެން ކުރިއަށް ގެންދަން އިއުތިރާޒް ނުކުރާ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *