logo minivan

English

އަންގާރަ, 23 ޖުލައި 2024

ނޫސްވެރިން ތަމްރީން ކުރާ ކޯހެއް ފުވައްމުލަކުގައި ބާއްވަނީ

ޝަހީބު މީޑިއާއިން ފުވައްމުލަކު ސިޓީ ކައުންސިލާ ގުޅިގެންނޫސްވެރިން ތަމްރީނު ކުރުމުގެ ކޯހެއް އަންނަ ހަފުތާގައި ފަށާގޮތަށް ހަމަޖެހިއްޖެއެވެ.

މިއީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އާ ނޫސްވެރިން އުފައްދައި ތަމްރީނުކުރުމުގެ ގޮތުން "ޝަހީބު މީޑިއާ" އިން ކުރިއަށްގެންދާ "ކާމިޔާބު ނޫސްވެރިޔާ" ޕްރޮޖެކްޓުގެ ފުރަތަމަ ކޯހެވެ. މިގޮތުން "ނޫސްވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދޭ ކޯސް" ބޭއްވުމަށް ހަމަޖެހިފައި ވަނީ މި ހިނގާ މާރިޗު މަހުގެ 9-13 އަށް (ހަވީރު 4-6 އަށް އަދި ރޭގަނޑު 7-9 އަށް) ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގެ "ކުރުދުމާ" މާލަމުގައެވެ.

މި ކޯހަކީ ކެރިއަރެއްގެ ގޮތުގައި ނޫސްވެރިކަން ކުރަން ބޭނުންވާ ޒުވާނުންނަށާއި ނޫސްވެރިކަމުގައި މަސައްކަތްކުރާ ފަރާތްތަކަށް ހިންގާ ޕްރޮގްރާމެއް ކަމުގައި ޝަހީބް މީޑިއާއިން ބުންޏެވެ.

" މި ކޯހުގެ އަމާޒަކީ އަތޮޅުތަކުގައި ތިބި ޒުވާނުން ވަޒީފާ ހޯދަން މާލެ ނައިސް، އަމިއްލަ ރަށުގައި ތިބެގެން ޚަބަރާއި މައުލޫމާތު ފެތުރުމަށް ނިއުސް ވެބްސައިޓް އުފައްދައި، ހިންގައި، ނޫސްވެރިކަމުން ނަފާ ހޯދުމާއެކު ވަޒީފާގެ ފުރުސަތުތައް އުފައްދައި ޒުވާނުން ބާރުވެރިކުރުން " ޝަހީބް މީޑިއާގެ ގެ ރައީސް އަދި ސީއީއޯ މުހައްމަދު ޝަހީބު ވިދާޅުވިއެވެ.

މި ކޯސް ކުރިއަށް ގެންދިއުމަށް ސްޓެލްކޯ އާއި އެސްޓީއޯގެ އިތުރުން ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން އެހީވެދޭތީ، މި ކޯހުގައި ބައިވެރިވުމަށް ދަރިވަރުން އަތުން ފީއެއް ނުނަގާ ކަމުގައި ވެސް ޝަހީބު މީޑިއާއިން ބުންޏެވެ.

ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ވައިބާ ނަންބަރު 9934333 އަށް އައި.ޑީ ކާޑާއި ގުޅޭނެ ނަންބަރު ފޮނުވުމަށް ޝަހީބު މީޑިއާއިން އެދެއެވެ. މި ކޯހުގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ސުންގަޑިއަކީ މި މަހުގެ އަށެއް ވާ ބުދަ ދުވަހުގެ މެންދުރު 2:00 އެވެ.

"މީގެ އިތުރު ކޯސްތައް ބޭއްވުމަށް އެހެން ރަށްރަށާއެކު ވެސް މަޝްވަރާ ކުރަމުން އެބަގެންދަން. އަޅުގަނޑުމެން އުންމީދު ކުރަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި އަހަރުތެރޭގައި އިތުރު ކޯސްތަކެއް ބޭއްވޭނެ ކަމަށް." ޝަހީބް ވިދާޅުވިއެވެ.

މި ކޯހުގައި ކިޔަވައިދެއްވާނީ ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި ވަރަށް ތަޖުރިބާކާރު ދެ ބޭފުން ކަމުގައިވާ "ޝަހީބު މީޑިއާ"ގެ ރައީސް އަދި ސީއީއޯ މުހައްމަދު ޝަހީބު އާއި "ވަން އޮންލައިން"ގެ ސީއީއޯ އަދި އެޑިޓަރު ސިނާނު އަލީ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *