logo minivan

English

ބުދަ, 24 ޖުލައި 2024
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ހައްޖު ކޯޓާ 2500 އަށް އިތުރުކުރަން އެދިއްޖެ

ސައުދީން ސަރުކާރުން ރާއްޖެއަށް މިއަހަރު ދިން 1000 ކޯޓާ، 2،500 ކޯޓާއަށް އަށް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ސައުދީ ސަރުކާރުގައި އެދިވަޑައިގެންފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މިނިސްޓަރު ޒާހިރު ވިދާޅުވީ  ރައީސް ސޯލިހުގެ އިސްނެންގެވުމާއެކު ހައްޖު ކޯޓާ އިތުރުކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

"ރައީސް ވަރަށް ބޮޑަށް އެބަ މަސައްކަތްޕުޅު ކުރައްވާ ކޯޓާ އިތުރު ކުރެއްވުމަށް. ރާއްޖެއަށް ދޭ ރަސްމީ 1،000 ކޯޓާގެ ބަދަލުގައި ރަސްމީ ކޯޓާ 2،500 އަށް ބަދަލުކޮށްދެއްވުމަށް ރައީސް ވަނީ ސައުދީ ސަރުކާރަށް ދަންނަވާފައި،" މިނިސްޓަރު ވިދާޅުވިއެވެ.

 

ކޮވިޑުގެ ކުރިން ދިން ވަރުގެ ހައްޖު ކޯޓާއެއް ރާއްޖެއަށް ދީފި

ރާއްޖެއަށް އިތުރު ކޯޓާ ލިބޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ވެސް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.

ސައުދީ ސަރުކާރުން ކޮންމެ އަހަރަކުވެސް ދޫކުރަނީ ރަސްމީ 1،000 ކޯޓާ އެވެ. ކޮވިޑުގެ ދުވަސްވަރު މި އަދަދު މަދުކުރުމަށްފަހު މިހާރު މިވަނީ ކޮވިޑުގެ ކުރިން ކޯޓާ ދޫކުރި އަދަދަށް ކޯޓާ ދޫކުރަން ފަށާފަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *