logo minivan

English

ބުރާސްފަތި, 25 ޖުލައި 2024
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މީގެ ކުރިން ރައީސް މައުމޫނާ ބައްދަލުކުރައްވަނީ

އެމްއާރްއެމްގެ އެކްސްކޯގެ ތާއީދު އޮތީ ރައީސް ސޯލިހާ އެކު ކުރިއަށް ދާން!

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު އިސްކޮށް ހުންނަވާ މޯލްޑިވް ރިފޯމް މޫމެންޓް (އެމްއާރްއެމް) އިން މިހާރު ވެސް އެމްޑީޕީއާއި އެކު އޮތް ކޯލިޝަން ދަމަހައްޓައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު ކުރިއަށް ދާން ނިންމަން އުޅޭކަން އެނގިއްޖެ އެވެ.

އެމްއާރްއެމްގެ އެކްސްކޯ މެމްބަރަކު "މިނިވަން"އަށް މައުލޫމާތު ދެއްވި ގޮތުގައި އެޕާޓީގެ އެކްސްކޯގެ ތާއީދު އޮތީ ރައީސް ސޯލިހާ އެކު ކުރިއަށްދާ ގޮތަށެވެ. އެޕާޓީގެ ޒައީމް ރައީސް މައުމޫނު ރާއްޖޭން ބޭރަށް މިހާރު ކުރައްވާ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރާއްޖެއަށް އެނބުރި ވަޑައިގެން އެކަން އިއުލާނުކުރައްވާނެ ކަމަށް ވެސް މި ނޫހަށް މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވި އެވެ.

މިހާރު އޮތް ސަރުކާރު ހިންގާ ކޯލިޝަންގައި އެމްޑީޕީއާއި އެމްއާރްއެމްގެ އިތުރުން ދެން ހިމެނެނީ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ އެވެ. އަދާލަތުން ރައީސް ސޯލިހަށް ތާއީދުކުރަަން ނިންމާފައި ވާއިރު ޖޭޕީން އަދި ވަކި ގޮތެއް ނުނިންމަ އެވެ. އެހެން ނަމަވެސް އެޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރެެން ގޮވާލައި، އެޕާޓީގެ ގައުމީ ކޮންފަރެންސްގައި ގަރާރެއް ފާސްކުރި އެވެ.

އެހެން ނަމަވެސް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވީ އެ ގަރާރާއި މެދު ގޮތެއް ނިންމާނީ ކުރިއަށް ޖޭޕީގެ ކައުންސިލުން ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. އެނޫން ގޮތެއް އެބައޮތް ހެއްޔެވެ؟ 3000 މީހުން ހަމަނުވާ ބަޔަކަށް 3 މިނިސްޓްރީ ދޭނީ އެހެން ކޮންބައެއް ހެއްޔެވެ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *