logo minivan

English

އަންގާރަ, 16 ޖުލައި 2024

ރައީސްގެ އަރިސްބޭފުޅުން އުއްޗުއާ ބައްދަލް ކުރައްވައިފި

ރައީސްގެ އަރިސް ބޭފުޅުންގެ ވަފުދެއް އުއްޗުއާ މިއަދު ބައްދަލްކޮށްފިއެވެ.

އުއްޗުއާ މިއަދު ބައްދަލުކުރެއްވީ ރައީސް ސޯލިހުގެ ކޮށްކޮކޯފުޅު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މަޖިލީސް މެންބަރު އަލީ ނިޔާޒް އަދި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އެވެ.

މިކަމާ ގުޅިގެން "މިނިވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނިޔާޒް ވިދާޅުވީ އުއްޗު އާއި ބައްދަލް ކުރެއްވި ކަމަށާއި އެހެން ނަމަވެސް އެ ބައްދަލުވުމާ ބެހޭ ގޮތުން އަދި "ކޮމެންޓެއް ނެތް" ކަމަށެވެ.

ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު މައިމޫނު މުހައްމަދު، އެ ބައްދަލުވުމުގެ ފޮޓޯއަކާ އެކު ކުރެއްވި ޓްވީޓެއްގައިވާ ގޮތުން އެ ބައްދަލުވުން އޮތީ ކުރެއްދޫ ރިސޯޓްގަ އެވެ.

ސިޔާސީ ގޮތުން ނުފޫޒު ގަދަ ބޭފުޅެއް ކަމަށްވާ އުއްޗުއާ ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު ވެސް ދާދި ފަހުން ބައްދަލުކުރެއްވި އެވެ. އެމަނިކުފާނު އުއްޗުއާ ބައްދަލުކުރެއްވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅަން ބޭއްވި ޕްރައިމަރީގެ ކެމްޕޭނުގެ ތެރޭގަ އެވެ.

ރިޔާސީ އިންތިހާބަށް ތާއީދު ހޯދުމަށް ޓަކައި ރައީސްގެ މަންދޫބެއްގެ ގޮތުގައި އަލީ ނިޔާޒު މީގެ ކުރިން ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ވެސް ބައްދަލުކުރައްވައިފަ އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *