logo minivan

English

ބުރާސްފަތި, 25 ޖުލައި 2024

މުވައްޒަފުންނަށް ރޯދަ އިނާޔަތްދޭން ހަނދާންކޮށްދީފި

މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭން  ލޭބަ ރިލޭޝަންސް އޮތޯރިޓީން މިއަހަރު ވެސް ވަޒީފާ ދޭ ފަރާތްތަކަށް ހަނދާންކޮށްދީފި އެވެ.

ލޭބަރ ރިލޭޝަންސް އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ ވަޒީފާއާ ބެހޭ ގާނޫނުގެ 51 ވަނަ މާއްދަގެ (ހ) ގައި ގޮތުގެ މަތިން، ރޯދަ މަސް ފެށުމުގެ ކުރިން، ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޞާން މަހުގެ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދޭން ވާނެ ކަމަށެވެ. ވަޒީފާދޭ ބައެއް ފަރާތްތަކުން މުވައްޒިފުންނަށް ރޯދަމަހުގެ އިނާޔަތް ނުދޭކަމަށާއި، އަދި އިނާޔަތް ދިން ނަމަވެސް ގާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް ދީފައިނުވާކަން މީގެ ކުރިންވެސް ވަނީ އެ އޮތީރިޓީ އަށް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި ރޯދަ އިނާޔަތް ފުރަތަމަ ހިމެނި އިރު ބިދޭސީ މުވައްޒަފުންގެ ތެރެއިން މުސްލިމް މުވައްޒަފުންނަށް ވެސް އެ އިނާޔަތް ދޭން ޖެހެ އެވެ. އެހެން ނަމަވެސް އެ ގާނޫނަށް ފަހުން ބަދަލު ގެނެސް މިހާރު އޮންނަނީ އެއީ އިޚުތިޔާރީ ކަމެއްގެ ގޮތުގަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *