logo minivan

English

ބުރާސްފަތި, 25 ޖުލައި 2024

"ދުނިޔަވީ މަސައްކަތް ކުރަންވީ މަގުން އެއްކިބާ ނުވާ ގޮތަށް"

ދުނިޔަވީ މަސައްކަތް ކުރިޔަސް، އެ މަސައްކަތަކީ މާތް ﷲ ރުއްސަވާ ގޮތަށް ކުރާ ކަމަކަށް ހެދުމަށް ހުކުރު ޚުތުބާގައި މިއަަދު ނަސޭހަތްދީފި އެވެ.

ދުނިޔަވީ ދިރިއުޅުމަކީ ވަގުތީ ކަމެއްކަން ހަނދާންކޮށްދީ، އާޚިރަތަށް ޓަކައި މަސައްކަތް ކުރަން ނަސޭހަތްތެރި ވެފައިވާ ހުތުބާގައި ބުނީ ދުނިޔަވީ މަސައްކަތަކީ ﷲގެ މަގުން އެއްކިބާކުރާ ކަމަކަށް ހަދައިގެން ނުވާނެ ކަަމަށާއި އެހެން ނަމަވެސް ބައެއް މީހުންގެ އަމަލުތައް ހުންނަނީ ހިތާމަކުރަން ޖެހޭ ފަދަ ގޮތަކަށް ކަމަށެވެ. ބައެއް މީހުން ދުނިޔެއަށް ދަހިވެތިވެ، މުދަލައިގެން މަޝްޣޫލުވުމުގެ ސަބަބުން ނަމާދުކުރަން "ވަގުތު ނޯންނަ" ކަމަށް ވެސް ބުންޏެވެ.

"…އެބައިމީހުން ދުނިޔެއާއި މެދު ދަހިވެތިވެ، މުދަލައިގެން މަޝްޣޫލުވުމުގެ ސަބަބުން ނަމާދުކުރާކަށް ވަގުތެއް ނެތެވެ. މުދާ ހޯދުމުގައި ހަރާމެއް ހަލާލެއް ބެލުމެއް ނެތެވެ. މީހެއްގެ ހައްގަކަށް އަރައިގަތުމަކީ އެއްވެސް ކަމެއް ކަމުގައި އެފަދަ މީހުން ނުދެކެ އެވެ،" ހުުތުބާގައި ބުންޏެވެ.

އަމިއްލަ ލާބައާއި މަންފާއަށް ޓަކައި ކުރާ ކަންތަކުގައި އަނެކާއަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް އެފަދަ މީހުން އަޅައިނުލާ ކަމަށާއި ދުނިޔަވީ ކަންކަމުގައި އެމީހުން މައިންބަފައިންނާއި ގާތްތިމާގެ މީހުންނާ ގުޅުން ކަނޑައިލާ ކަމަށް ވެސް އެއާ ވިދިގެން ހުތުބާގައި ކި އެވެ.

"އެފަދައިން ކަންތައް ކުރަމުން ދާއިރު އެބައިމީހުން މަރުވާނެ ކަމާއި އެއަށް ފަހު މާތް ﷲގެ ހަޟުރަތުގައި ޖަވާބުދާރީވާން ޖެހޭނެކަން ހަނދާން ނެތެނީބާއެވެ؟" ހުތުބާގައި ވެ އެވެ.

ހުތުބާގައި ސިފަކުރި ގޮތުގައި ދުނިޔަވީ ކަންކަމުގައި މަޝްޣޫލުވެ އުޚުރަވީ ހަޔާތް ހަނދާން ނައްތައިލުމަކީ އުޚުރަވީ އަމިއްލަ ނަފުސުގެ މަތިން ހަނދާން ނައްތައިލުމެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *