logo minivan

English

އަންގާރަ, 23 ޖުލައި 2024

ގުރައިދޫ ދާއިރާގެ ގޮނޑިއަށް އެމްއެންޕީން ވެސް ކެންޑިޑޭޓެއް ނެރެނީ

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކ. ގުރައިދޫ ދާއިރާގެ ގޮންޑިއަށް ކުރިމަތިލުމަށް މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) އެޕާޓީގެ މެންބަރުންނަށް ހުޅިވާލައިފި އެވެ.

އެޕާޓީއިން ކުރި އިއުލާނެއްގައި ބުނީ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝްން ގައި ވާދަ ކުރައްވަން ބޭނުންވާ އެޕާޓީގެ މެންބަރުން އެކަމަށް އެދޭ ފޯމް ފުރިހަމަ ކޮށް ހަތެއް މާޗް ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެޕާޓީގެ އޮފީހަށް ހުށައެޅުން އެދޭ ކަމަށެވެ.

އެޕާޓީއިން އިތުރަށް ބުނީ ގުރައިދޫ ދާއިރާއަށް ގެންޑިޑޭޓަކު ނެރެން ޕްރައިމެރީއެއް ބާއްވަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޕްރައިމެރީ ބާއްވަން ޖެހިއްޖެ ނަމަ އެކަން އޮންނާނީ 10 މާރޗް ވާ ހުކުރު ދުވަހު މންދުރުފަހު 14:00 އިން 18:00 އަށް ކަމަށެވެ.

ކ. ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވެފައިވަނީ އެދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރިޒާ އަވަހާރަ ވުމާގުޅިގެންނެވެ. މެންބަރު ރިޒާ އަވަހާރަ ވެފައިވަނީ ކެންސަރުގެ ބައްޔަށް ފަރުވާ ހޯއްދަވާތާ ގިނަދުވަސްތަކެއް ވީފަހުންނެވެ. މެންބަރު ރިޒާ އަވަހާރަވީ އިރު އުމުރުފުޅަކީ 55 އަހަރެވެ

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *