މީގެ ދެހަފުތާވަރު ކުރިން ގެެއްލިގެން ހޯދަމުން ދިޔަ ސ. ހުޅުދޫ އަލީ އާރިފް 46އ ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ކުރި ޓުއީޓެއްގައި ބުނީ އާރިފު ފެނިފައިވާ ކަމަށާއި އޭނާގެ ހާލުރަނގަޅު ކަމަށެވެ. އާރިފް އާއި އޭނާގެ އާއިލާ އާއި މިހާރު ގުޅިގައިވާ ކަމަށް ވެސް ބުންޏެވެ.
ވީނުވީއެއް ނޭނގި ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުން ދިޔަ ސ. ހުޅުދޫ / ސަނީލޮޖް، ޢަލީ އާރިފް (46އ) މިހާރު ވަނީ ފެނިފައި. ޢަލީ އާރިފް އާ އާއިލާއާއި ވަނީ ގުޅިފައި. އަދި މިއަދު ހަވީރުގެ ވަގުތެއްގައި ވަނީ މާލެ އައިސްފައި. އޭނާގެ ހާލު ރަނގަޅު. pic.twitter.com/eyMW3ovY4L
— Maldives Police (@PoliceMv) March 3, 2023
އޭނާގެ އާއިލާއަށް ޚަބަރެއް ނުވާތާ ގާތްގަނޑަކަށް ތިން މަސް ދުވަސް ވެފައިވާ ކަމަށް އާއިލާއާ ހަވާލާދީ ބައެއް ނޫސްތަކުން ކުރިން ރިޕޯޓްކުރި އެވެ. ފުލުހުންނަށް އާރިފް ވީނުވީއެއް ނޭއްގި ގެއްލިގެން އުޅޭކަން އެންގީ އެކަމަކު މީގެ ދެހަފުތާ ވަރު ކުރިންނެވެ. އޭނާ ފެނުނީ ކޮންތަނެއްގައި އުޅެނިކޮށް ކަމެއް ފުލުހުން ނުބުނެ އެވެ. އެކަމުގެ އިތުރު ތަފްސީލެއް ވެސް ނުދެ އެވެ.