logo minivan

English

ބުދަ, 24 ޖުލައި 2024

މިނިސްޓަރ ޝާހިދު އިންޑިއާގެ ފޮރިން މިނިސްޓަރާ ބައްދަލް ކުރައްވައިފި

ފޮރިން މިނިސްޓަރ ޝާހިދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.ސުބްރަމަނަޔަމް ޖަޔަޝަންކަރާ މިއަދު ބައްދަލް ކުރައްވައިފި އެވެ.

އެ ބައްދަލްވުން އޮތީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ ގައެވެ. މިބައްދަލްކުރެއްވުމުގައި ޝާހިދު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި އިންޑިއާ ދެގައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުންމާއި އިންޑިއާއިން ރާއްޖެއަށް ދެއްމުން ގެންދަވާ އެހީއަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ދެގައުމުން ވީހާ ގިނައިން މަޝްވަރާތައް ބެއްވުމަށް އެދިވަޑައިގެންނެވި އެވެ.

ސަރުކާރަށް ޝުކުރު އަދާކުރައްވާ، ދެގައުމަގެ އިގްތިސާދީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށާއި އަދި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެއްވާފައިވާ ހިލޭއެހީ އާއި އަދި ލައިން އޮފް ކްރެޑިޓް އިން ރާއްޖޭގައި ހިންގަމުން އަންނަ މަޝްރޫއުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މިބައްދަލުވުމުގައި މިނިސްޓަރ ޝާހިދާއި މިނިސްޓަރ ޖަޔަޝަންކަރު ވަނީ ދެޤައުމުން ވެސް ދެޤައުމުގެ ފެންވަރުގައާއި ބައިނަލްއަޤުވާމީ ފެންވަރުގައި ދެޤައުމަށް މުހިއްމު ކަންކަމުގައި އެއް ޤައުމު އަނެއް ޤައުމަށް ދެމުންގެންދާ އެއްބާރުލުން ދަމަހައްޓާނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ.

މިނިސްޓަރ ޝާހިދު މިހާރު ގެންދަވަނީ އޮބްޒާވާ ރިސާޗް ފައުންޑޭޝަނުން އިންތިޒާމުކުރާ 8 ވަނަ ރައިސީނާ ޑަޔަލޮގުގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި އިންޑިއާއަށް ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *