logo minivan

English

ހޮނިހިރު, 13 ޖުލައި 2024

ހުޅުމާލެ ފޭސް2 ގެ ބާބެކިއު އޭރިއާ ހުޅުވައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބާބަކިއު ހަދާނެ ސަރަހައްދެއް ހަދައި، އެތަން އިއްޔެ ހުޅުވައިފި އެވެ.

ބާބަކިޔު ސަރަޙައްދު ރަސްމީކޮށް ހުޅުވާ ހިޔާ ސަރަޙައްދުގައި ދިރިއުޅޭ އާންމުންނަށް ބާބަކިއު އިވެންޓެއް ވެސްއެޗްޑީސީން އިއްޔެ ބޭއްވި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ހާއްސަކޮށްގެން ގާއިމްކުރި ، އެ ބާބަކިއު ސަރަޙައްދު ހަދާފައިވަނީ ހުޅުމާލޭ ރުއްގަނޑު 3 ސަރަހައްދުގައެވެ.

އިއްޔެގެ އިވެންޓްގައި އާންމުންގެ ގިނަބަޔަކު އެ ސަރަހައްދުގައި ބާބަކިއު ހެދިއިރު ، އެޗްޑިސީއިން ބުނީ، އެތަން އިތުރަށް ތަރައްގީ ކުރުމަށްޓަކާ ފޭސް 2 ގައި ދިރިއުޅޭ އާންމުންގެ ހިޔާލާ މަޝްވަރާ ހޯދާނެކަމުގައެވެ.

ބާބަކިޔު ސަރަހައްދު ބޭނުންކުރުމުގައި ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމަށް އެޗްޑީސީއިން އިލްތިމާސް ކުރެއެވެ.

ފޭސް 2 ތަރއްގީ ކުރުމުގެ ހުރިން ބާބަކިއުއަށް ހާއްސަ ސަރަހައްދެއް ހުޅުމާލޭގައި އޮތެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާ ދެވަނަ ފިޔަވަހި ގުޅޭ ސަރަހައްދުގައި ކުރިން އޮތް ބީޗްގައި ހަދާފައި ހުރި އެތަނަކީ، ބޭނުންކުރަން ފަސޭހަ ، ބާބަކިއު އަށިތަކާއި ފެނާއި އެހެން ބައެއް ހިދުމަތް ވެސް ލިބޭގޮތަށް ހަދާފައި ހުރި ތަނެކެވެ. ދެވަނަ ފިޔަވަހި ތަރައްގީ ކުރަމަށްޓަކާ އެތަން ނެގިފަހުން ހުޅުމާލޭގައި ބާބަކިއު ހަދަން ވަކި ސަރަހައްދެއް ނެތުމަކީ އާންމުންގެ ޝަކުވާއަކަށް ވެސް ވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *