logo minivan

English

ބުދަ, 24 ޖުލައި 2024

ގަތަރަށާއި ޖަރުމަނު އަދި ސާބިއާއަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ފުރާވަޑައިގެންފި

ގަތަރަށާއި ޖަރުމަނު ވިލާތަށް އަދި ސާބިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ އެމަނިކުފާނުގެ ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަންނަވާނީ ގަތަރުގެ ވެރިރަށް ދޯހާއަށް ކަމަށެވެ. ދޯހާގައި ބާއްވާ، އެގައުމުގައި ބާއްވާ، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ އދ. ގެ ފަސްވަނަ ކޮންފަރެންސްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ގަތަރަށް ފަހު ސާބިއާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު ދެ ގައުމުގެ ސަރުކާރުގެ ދެމެދުގައި އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެމަނިކުފާނު އެންމެފަހުން ވަޑައިގަންނަވާނީ ޖަރުމަނަށެވެ. ރާއްޖެއާ ޖަރުމަނާ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *