logo minivan

English

ބުރާސްފަތި, 25 ޖުލައި 2024
ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވާންގް ލިޖިން

ގިނަ ދާއިރާތަކަކުން ރާއްޖެއަށް އެއްބާރުލުންދޭން ޗައިނާ އޮތީ ތައްޔާރަށް: ސަފީރު

ގިނަ ދާއިރާތަކަކުން ރާއްޖެއަށް އެއްބާރުލުންދޭން ޗައިނާ އޮތީ ތައްޔާރަށް ކަމަށް، އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާންގް ލިޖިން ވިދާޅުވެއްޖެ އެވެ.

ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އެހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރަން ޗައިނާއިން ކުރިއަށް ގެންދާ ގްލޯބަލް ސެކިއުރިޓީ އިނިޝޭޓިވް (ޖީއެސްއައި) އާ ގުވައި ވާންގް އާއްމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ ބައިނަލް އަގުވާމީ ގޮތުން މިހާރު އޮތް ގޮންޖެހުން ބޮޑު، އޮޅުންބޮޅުން ބޮޑު ހާލަތުގައި، އަމާންކަން ދަމަހައްޓައި، ސަލާމަތާއި ރައްކާތެރިކަން ކަވަރުކޮށް، ހަމަޖެހުން ގާއިމްކުރުމުގައި ދެގައުމުގެ މަސްލަހަތު އޮތް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. ޖީއެސްއައި އަކީ ސަލާމަތީ ގޮތުން ހުރި އެ ގޮންޖެހުންތަކަށް އެޑްރެސް ކުރުމަށް ދެގައުމު އެކުގައި މަސައްކަތް ކުރުމުގެ އާ ފުރުސަތުތަކެއް ލިބޭނެ ހަރަކާތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"…އެއްބާރުލުން ދިނުމުގައި އިސްކަންދޭންވީ ދާއިރާތައް ދެނެގަނެ، ހާއްސަކޮށް، ސިއްހީދާއިރާއާއި މޫސުމަށް އަންނަ ބަދަލުތަކާއި ކާނާގެ ރައްކާތެރިކަމާއި ސާފު ހަކަތައާއި ކައުންޓާ ޓެރަރިޒަމް އަދި ކާރިސާތަކުން އަރައިގަތުމުގެ ދާއިރާއިން ދިވެހިރާއްޖެއަށް އެއްްބާރުލުންދޭން ޗައިނާ އޮތީ ތައްޔާރަށެވެ. އެއީ ކުރިއްސުރެ ހުރި ސަލާމަތީ ގޮންޖެހުންތަކާއި އާ ގޮންޖެހުންތަކަށް އެޑްރެސްކޮށް، ޕްލެޓެނެޓްގެ [ދުނިޔޭގެ] އަމާންކަމާއި ހަަމަޖެހުން ކަށަވަރުކުރުމަށެވެ،" ބަޔާނުގައި ވާންގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖީއެސްއައި އަކީ އެގޮތުން އިންސާނިއްޔަތަށް އުޖާލާ މުސްތަގުބަލެއް ހޯދައިދޭނެ ހަރަކާތެއް ކަމަށެވެ. ޗައިނާގެ ރައީސް ޝީޖިންޕިންގެ އިސް ނެންގެވުމަކުން އެ ހަރަކާތް ފަށާފައި މިވަނީ އަމާންކަމާއި ރައްކާތެރިކަމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ވަގުތެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޗައިނާ ސަރުކާރުން އެ ހަރަކާތް ފުރަތަމަ ފެށީ މިދިޔަ އަހަރުގެ އޭޕްރިލްމަހު އެވެ. އެ ހަރަކާތުގެ ބޭނުމަކީ ވާހަކަދައްކައި މަޝްވަރާކޮށްގެން މައްސަލަތަކަށް ހައްލު ހޯދުން ކަމަށް ސަފީރު ވިދާޅުވި އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *