logo minivan

English

އަންގާރަ, 23 ޖުލައި 2024

ނަހުލާގެ ތުހުމަތުތަކަށް މާލެ ސިޓީ ކައުންސިލުން ރައްދުދީފި

މާލޭ ސިޓީކައުންސިލްގެ ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ކުރައްވާފައިވާ ބޮޑެތި ތުހުމަތު ތައް ދޮގުކޮށް މާލެ ސިޓީ ކައުންސިލުން ރައްދުދީފިއެވެ.

އިއްޔެ ނަހުލާ ނެރުއްވި ނޫސްބަޔާނެއްގައި ކުރެއްވި ތުހުމަތުތަކުގެ ތެރޭގައި ވިލިމާލޭގައި "ޝީޝިއާ ރެސްޓޯރެންޓް"ގެ ނަމުގައި ހިންގާ ރެސްޓޯރެންޓް ހުރި ބިމުގެ މުއްދަތު އިތުރުކޮށްފައި ވަނީ އަލުން ބިޑަށް ހުޅުވައި ނުލާ ކަމަށް ވިދާޅުވެ ކުރެއްވި ތުހުމަތެއް ހިމެނެ އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ރެސްޓޯރަންޓްގެ މުއްދަތު އިތުކޮށްފައިވަނީ، ގަވައިދާ އެއްގޮތަށް ކަމަށެވެ.

މޭޔަރު މުއިއްޒަށް އަނެއްކާ ވެސް ނަހުލާގެ ތުހުމަތުތަކެއް!

އެ އެއްބަސްވުމަށް މުއްދަތު އިތުރުކުރުމަށް އެދި ޝީޝިއާ ރެސްޓޯރަންޓުގެ ފަރާތުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ވިލިމާލޭގައި ޕާކެއް ތަރައްގީކުރުމާއި، ވިލިމާލޭގެ އިރުމަތީފަރާތު މާލެއާއި ވީފަރާތުން ޕިކުނިކު ދާ ފަރާތްތަކަށް ހާއްސަކުރެވިގެން ހަދާ އޭރިޔާގައި ބަހައްޓަންޖެހޭ ފާހާނާބަރިއާއި ޝަވަރުތައް އަދި ޗޭންޖިން ރޫމު ބަހައްޓާގޮތަށް ހުށަހަޅާފައިވާ ހުށަހެޅުން ވިލިމާލޭ ސާވިސް ކޮމެޓީއަށް ހުށަހެޅި އިރު ވިލިމާލޭ ސާވިސް ކޮމެޓީގެ މުގައްރިރަކަށް ހުންނެވީ ނަހުލާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.   އެ ހުށަހެޅުން ކޮމެޓީން ފާސްކުރީ 13 އޭޕްރީލް 2022 ގައި ކަމަށާއި  އޭރު ވެސް އެ ކޮމެޓީގެ މުގައްރިރަކީ ނަހުލާ ކަމަށް ވެސް ސިޓީ ކައުންސިލްގެ ބަޔާނުގައި ބުންޏެވެ.

ވިލިމާލޭ ދާއިރާގެ ކައުންސިލަރު ކޮމެޓީއަށް ހުށަހެޅުއްވި ހުށާހެޅުމާއި ޝީޝިއާ ރެސްޓޯރަންޓުގެ ފަރާތުން ހުށަހެޅި ލިޔުންތައް ކޮމެޓީން ދިރާސާކުރުމަށްފަހު ކޮމެޓީގެ އަގުލަބިއްޔަތުން ނިމުނުގޮތަށް އެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ނަހުލާ ކުރެއްވި އަނެއް ތުހުމަތަކީ ވިލިމާލޭން ރެޑްވޭވަށް ބިމެއް ކުއްޔަށް ދީފައިވަނީ ވެސް ކައުންސިލްގެ ރަސްމީ ބައްދަލުވުމަކަށް ހުށަނާޅައި ކަމަށް ވިދާޅުވެ ކުރެއްވި ތުހުމަތެކެވެ.

ސިޓީ ކައުންސިލުން ބުނީ، ވިލި މާލޭގެ ރައްޔިތުންނަށް ވީހާވެސް ގާތުން ވިޔަފާރީގެ ހިދުމަތް ހޯދައިދޭންވެގެން، ވިލިމާލޭގައި ކޮމާޝަލް ބިލްޑިންގއެއް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކެއް ހޯދުމަށް 2022 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 27 ވަނަ ދުވަހު އެ ކައުންސިލުން ގެޒެޓުގައި އިއުލާންނެއް ކުރުމުން އެކަމަށް ހުށަހަޅާފައިވާ ހުރިހާ ޕްރޮޕޯސަލްތައް ދިރާސާކުރުމަށްފަހު ކައުންސިލަށް އެންމެ ފައިދާހުރި ހުށަހެޅުމެއް ހުށަހަޅާފައިވާ ފަރާތެއް ކަނޑައަޅީ އެ ކައުންސިލުގެ ބިޑުކޮމެޓީންކަމަށެވެ.

އެ ކޮމާޝަލް ބިންލިޑިންގ އެޅުމަށް މާލެ ސިޓީ ކައުންސިލުގެ ރަސްމީ ބައްދަލުވުން ތަކެއްގައި ބަހުސް ކުރި ކަމަށް ވެސް ބުންޏެވެ.  އެތަންތަނަށް ވިލިމާލެއިން ކަނޑައަޅާފައިވާ ބިންތައްވެސް ފާސްކޮށް އެކަންކަން ކުރިއަށް ގެންދަން ފާސްކޮށްފައިވަނީ، އެ ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންކަމަށް ވެސް ސިޓީ ކައުންސިލްގެ ބަޔާނުގައި ބުންޏެވެ. އެ ހުރިހާ ބައްދަލުވުން ތަކުގައިވެސް ވިލިމާލޭގެ ކައުންސިލަރު ނަހުލާ އަލީ ހާޒިރުވެ ބަހުސްގައި ބައިވެރިވެ އެކަންކަން ކުރިއަށް ގެންދިއުމަށް ވޯޓު ދެއްވާފައި ވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

 

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. އެއީ ރެޑްވޭވަށް ދިން ބިމެއް ނޫނެވެ. ވިއްކި ބިމެކެވެ. ކުރީ ދައުރުގައި ހުޅުމާލެއިންވެސް އެގޮތަށް ބިންތަކެއް ރެޑްވޭވް ގަތެވެ. ފައިސާ ވީތަނެއް ހޯދާށެވެ. މާލެ ކައުންސިލްގައި ތިޔަތިބީ ޕީޕީއެމުގެ މުލު ގްރޫޕެވެ. .

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *