logo minivan

English

އަންގާރަ, 16 ޖުލައި 2024

އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕަށް ކުރިމަތި ލުމުގެ ފުރުސަތު މޭމަހާ ހަމައަށް

އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕް 2024 ކުރިމަތި ލުމުގެ ފުރުސަތު މިއަހަރުގެ މޭ މަހުގެ 1 ވަނަ ދުވަހާ ހަމައަށް ހުޅުވާލެވިފައި ވާ ކަމަށް ކޮލޮންބޯ ގައި ހުންނަ އޮސްޓްރޭލިއާގެ ހައިކޮމިޝަން އިން އަންގާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއުލާނު ކޮށްފިއެވެ.

އެމިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން އެ ސްކޮލޮޝިޕް ގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އެޕްލައި ކުރެވޭނެ ދާއިރާތަކާއި މައުލޫމާތު އެމިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަށް  ދެކޮޅު ޓިކެޓި، އެސްޓެބްލިސްމަންޓް އެލަވަންސް، ސްޓައިޕެންޑް، ޓިއުޝަން ފީ، ލިވިން އެލަވަންސް އަދި ހެލްތް އިންޝޫރެންސް ސްކޮލަރޝިޕް އިންތިޒާމް ކުރައްވާ ފަރާތްތަކުން ހަމަޖައްސަވާ ދެއްވާނެ ކަމުގައި އިއުލާންގައި ބުނެފައިވެއެވެ. އެ ކޯސްތަކަށް ހޮވޭފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓޯ (އެމްކިޔުއޭ) އިން ގަބޫލިކުރާ އިންސްޓްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް އެދިފައިވެއެވެ.

އަދި މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސްންސިންގެ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން ގަބޫލުކުރާ މަރުކަޒެއްތޯ، އެއިދާރާއަކުން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް އެދިފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *