ރާއްޖޭގެ ބޮޑުވަޔަކަށް މޫސުމް ގޯސްވެ ވައިގަދަވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖީ ސާވިސް (މެޓް އޮފީހުން) ވައިޓް އެލާޓް ނެރެފިއެވެ.
މިއަދު މެންދުރު 12:00 އިން އިރު އޮއްސި 6:30 އަށް ވައިޓް އެލާޓް ނެރުނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށެވެ.
Alert white for strong winds of 19 – 24 mph with rough seas. pic.twitter.com/QkvzjNsrjK
— Maldives Meteorology (@MetMaldives) March 5, 2023
މެޓް އޮފީހުން ނެރުނު އެލާޓްގައި ވާ ގޮތުން މި ސަރަހައްދުގެ ވިލާގަނޑުގައި ގަޑިއަކު 19މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނަކަށް ވައި ގަދަވާނެކަމަށް ލަފާކުރެވެ އެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
ރާއްޖޭގެ އުތުރަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ މޫސުމާ ބެހޭ އިދާރާއިން ނެރޭ އެލާޓްތަކަށް ސަމާލުވާން އެ އިދާރާއިން އެދެ އެވެ.
މުސުމާ ބެހޭ އިދާރާއިން މިއަދު އާއްމުކުރި ސެޓެލައިޓް ފޮޓޯއަކުން ފެނަން ގޮތުގައި ރާއްޖޭގެ އިރުމައްޗާއި ހުޅަނގު ވެސް މިއަދު އޮތީ ވަރަށް ވިލާބޯކޮށެވެ.