logo minivan

English

ބުދަ, 24 ޖުލައި 2024

ފޭކްސް ޓްރާންސްފާ ސްލިޕް ފޮނުވި ތިން މީހަކު ހޯދަން ވީޑިއޯއެއް އާއްމުކޮށްފި

މޯބައިލް ފޯނެއް މަރާމާތުކުރުމަށް ފަހު އަގު ދެއްކުމުގެ ބަދަލުގައި، ފޭކް ޓްރާންސްފާ ސްލިޕެއް ފޮނުވި ތިން މީހަކު ހޯދަން ފުލުުހުން މިއަދު ވީޑިއޯއެއް އާއްމުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި މިއަދު އާއްމުކުރި ވީޑިއޯގައި ފާހަގަކޮށްފައިވާ މީހުންނަކީ އަޅިވިލާ މަގުގައި ފްރީޑަމް މޯބައިލް ފޯނަކަށް ސަރވިސް ކުރުމަށްފަހު އަގުއަދާކުރުމުގެ ގޮތުން ސައްހަނޫން ޓްރާންސްފަރ ސްލިޕެއް ފޮނުވި މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވާ ބައެކެވެ.

އެ ވީޑިއޯއިން ފެންނަ ތިން މީހުންނަކީ މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ކޮން ބައެއްކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަދި އެ ތިން މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

ފޭކް ޓްރާންސްފާ ސްލިޕް ފޮނުވައި، އޮޅުވާލައިގެން ފިހާރަތަކުން މުދާ ހޯދުމުގެ މައްސަލަތައް ވެސް ފަހަކަށް އައިސް ރާއްޖޭގައި ގިނަ އެވެ. މިފަހަރުގެ މައްސަލައިގައި ތުހުމަތުވާ މީހުން، ފޯނު މަރާމާތުކުރުމަށް ފަހު ދައްކަން ޖެހެނީ ކިހާ ފައިސާއެއް ކަމެއް ފުލުހުން ނުބުނެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *