logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ރައީސް ސޯލިހު ފަލަސްތީނުގެ ރައީސާ ބައްދަލުކުރައްވައިފި

ފަލަސްތީނުގެ ރައީސް މުހައްމަދު އައްބާސްއާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވައިފި އެވެ.

އދ. އިން ބާއްވާ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ފަސް ވަނަ ކޮންފަރެންސްގެ ހަވާސާގައި ބޭއްވެވި އެ ބައްދަލުވުމުގައި ފަލަސްތީނާއެކު ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ފަލަސްތީނުގެ ރައީސަށް ރައީސް ސޯލިހި ދެއްވި އެވެ، އަމިއްލަ ސިޔާދަތެއް ލިބިފައިވާ މިނިވަން ފަލަސްތީނެއް ގާއިމުކުރުމަށް ތާއީދުކުރާ ސިޔާސަތު ރާއްްޖޭން އަބަދުވެސް ދަމަހައްޓާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވި އެވެ.

ރާއްޖޭން ފަލަސްތީނަށް ސަފީރަކު ކަނޑައަޅައި އޭގެ ފަތްކޮޅު ފަލަސްތީނުގެ ރައީސަކަށް މީގެ ތިން ދުވަސް ކުރިން އަރުވާފައިވެއެވެ. ނަމަވެސް 1984 ވަނަ އަހަރު އޭޕްރިލް 4 ގައި ރާއްޖެ އާއި ފަލަސްތީނާ ދެމެދު ވަނީ ސިޔާސީ ގުޅުން ގާއިމު ކޮށްފައެވެ.

މީގެ ތިން ދުވަސް ކުރިން ފަލަސްތީނުގެ އެމްބަސީގައި ކުރިއަށް ދިޔަ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތެއްގައި ދިވެހިރާއްޖެއިން ފަލަސްތީނަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު މުހައްމަދު ހަލީލު ފަލަސްތީނުގެ ރައީސްއާ ބައްދަލުކުރައްވައި އެމަނިކުފާނަށް ފަތްކޮޅު އެރުއްވިއެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ