logo minivan

English

ބުދަ, 24 ޖުލައި 2024

ހަށިވިއްކާކަމުގެ ތުހުމަތުގައި ފުވައްމުލަކު މަސާޖުޕާލާއަކުން 3 މީހަކު ހައްޔަރުކޮށްފި

ހަށިވިއްކާކަމުގެ ރިޕޯޓް ލިބިގެން ފުލުހުން ހިންގި ހާއްސަ އޮޕްރޭޝަނެއްގައި ޏ. ފުވައްމުލަކުން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ  މި ތިން މީހުން ހައްޔަރުކުރީ، ފުވައްމުލަކުގައި ހިންގާ ސްޕާއެއްގައި ހަށިވިއްކާ ކަމުގެ ރިޕޯޓް ފުލުހުންގެ އިންޓެލިޖެންސަށް ލިބިގެން ހިންގި އޮޕަރޭޝަންއެއްގައި ކަމަށެވެ.

ހަށިވިއްކިކަމުގެ ތުހުމަތުގައި އެރަށުން ހައްޔަރުކޮށްފައި ވަނީ، ތައިލެންޑަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ އަންހެނަކާއި 43 އަހަރުގެ އަންހެނެއްގެ އިތުރުން 31 އަހަރުގެ ފިރިހެނެކެވެ.

މިމައްސަލަ ދަނީ ފުވައްމުލަކު ސިޓީ ޕޮލިހާއި ހިއުމަންޓްރެފިކިން ޑިޕާރޓްމަންޓުން ތަހުގީގު ކުރަމުންނެވެ.

މީގެ އިތުން މިދިޔަ މަހު 21 ވަނަ ދުވަހު ފުލުހުން ވަނީ މާލޭގެ 'ރޯޅި ގެސްޓް ހައުސް' ބަލާ ފާސްކޮށް، އެ ގެސްޓް ހައުސްއިން ވަނީ ހަށިވިއްކާކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރު ކޮށްފައެވެ.

އެ ހަތަރު މީހުންގެ ބަންދާއި މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، އޭގެ ތެރެއިން 43 އަހަރުގެ ދިވެހި ފިރިހެން މީހާ ކޯޓުން ޝަރުތުތަކަކާއެކު ވަނީ ދޫކޮށްލާފަައެވެ. އަދި ބިދޭސީ ދެ އަންހެނުން ވަނީ ޑީޕޯޓު ކޮއްލާފައެވެ.

ހަށިވިއްކުމާއި ހިއުމަން ޓްރެފިކިން ފަދަ ކުށްތައް ރާއްޖޭގައި އިތުރުވެފައި ވާއިރު އެކަން ހުއްޓުވަން ފުލުހުން ދޭތެރެ ދޭތެރެއިން މިފަދަ އޮޕަރޭޝަންތައް ހިންގައެވެ. ހަށިވިއްކުމާއި ހިއުމަން ޓްރެފިކިންއާ  ދެކޮޅަށް ފާއިތުވި އަހަރު ފުލުހުން 25 އޮޕަރޭޝަނެއް ހިންގި އެވެ. އޭގެ ތެރެއިން 14 އޮޕަރޭޝަނަކީ އިންޓެލިޖެންސް މައުލޫމާތު ލިބިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެކެވެ. އަނެއް 11 އޮޕަރޭޝަނަކީ ދިވެހި ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެކެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *