logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024
ގްރީސްގެ ރޭލު އެކްސިޑެންޓާ ގުޅިގެން ކުރަމުންދާ މުޒާހަރާގެ ތެރެއިން

ގްރީސް ރޭލް އެކްސިޑެންޓް: ބޮޑުވަޒީރު މާފަށް އެދިއްޖެ

ގްރީސްގައި 57 މީހުން މަރުވި ރޭލު އެކްސިޑެންޓާ ގުޅިގެން ބޮޑުވަޒީރު ކިރިއާކޯސް މިޓްސޯޓަކިސް މައާފަށް އެދިވަޑައިގެންފިއެވެ.

އެ ހާދިސާގެ ޒިންމާ ސަރުކާރާއި ރޭލް ކުންފުނި ނަގަން ޖެހޭ ކަމަށް ބުނެ ގްރީސްގެ ވެރިރަށް އެތެންސްގައި ދަނީ މުޒާހަރާތައް ކުރަމުންނެވެ.

އާދީއްތަ ދުވަހު ބޭއްވި މުޒާހަރާގައި ޔުނިވާސިޓީގެ ދަރިވަރުންނާއި ޕަބްލިކް ސެކްޓާގެ މުވައްޒަފުންނާއި ރޭލު ތަކުގައި މަސައްކަތްކުރާ މީހުން ބައިވެރިވިއެވެ. މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ދެމުދު ހަމަނުޖެހުންތަކެއް ހިނގި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފުލުހުން ބުނީ 12،000 އެއްހާ މީހުން އެއްވި ކަމަށާއި މަރުވި މީހުންގެ ހަނދާނުގައި ގިނަ ބަޔަކު ވަނީ ކަޅު ފުއްޕާހަންތަކެއް އުޑުމައްޗަށް ދޫކޮށްލާފައި ކަމަށެވެ. އަނެއް ބައި މީހުން ގެންގުޅުނީ "ޑައުން ވިތް މަރޑް ގަވަރމަންޓްސް" ފަދަ ޝިއާރުތައް ލިޔެފައިވާ ނިޝާންތަކެވެ.

"ބޮޑުވަޒީރުގެ ހައިސިއްޔަތުން އެންމެންގެ ކިބައިން ވަރަށް ބޮޑު މައާފަށް އެދެން ޖެހޭ،  އެންމެ ބޮޑު ކަމަކަށް އަނިޔާ ލިބުނު މީހުންގެ ގާތް ތިމާގެ މީހުންނަށް،" ބޮޑުވަޒީރު ފޭސްބުކްގައި ލިޔުއްވާފައިވެ އެވެ.

"ފަރުދީ ގޮތުން ވެސް، އަދި އަހަރުތަކެއް ވަންދެން ގައުމުގެ ވެރިކަން ކުރެއްވި އެންމެންގެ ނަމުގައި ވެސް،" އޭނާ ވިދާޅުވިއެވެ.

އޭއެފްޕީ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ހެލެނިކް ޓްރެއިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމުގެ ފުރުސަތު އޮތްތޯ ތަހުގީގު ކުރާ ފަރާތްތަކުން ދަނީ ބަލަމުންނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *