logo minivan

English

ބުދަ, 24 ޖުލައި 2024

މިއަދު އޮންނަ ޖޭޕީ ކައުންސިލް ބައްދަލުވުމުގައި ރިޔާސީ އިންތިހާބުގައި ވާދަކުރުމާމެދު ބަހުސް ކުރާނެ!

މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޖުމްހޫރީ ޕާތީގެ ކައުންސިލް ބައްދަލުވުމުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ގޮވާލާ އެޕާޓީގެ ޤައުމީ ކޮންފަރެންސްގައި ފާސްކުރި ޤަރާރަށް ބަހުސް ކުރުމަށް ހަމަޖެހިފައިވާކަމުގެ މައުލޫމާތު ލިބިއްޖެއެވެ.،

ޖޭޕީގެ ކައުންސިލް އަލުން އިންތިހާބު ކުރި ފަހުން ބާއްވާ ފުރަަތަމަ ބައްދަލުވުން މިއަދު މެންދުރު ފަހު 2:00 ގައި ބާއްވަން ތާވަލު ކުރި އިރު އެޖެންޑާގައި އޮތީ އަސާސީ ގަވައިދުގައި ބުނާ ކޮމިޓީތަކުގެ އިންތިހާބަށް ހުޅުވައިލުމާއި މެދު ގޮތެއް ނިންމުމާއި އަސާސީ ގަވައިދުގައި ބުނާ މަގާމުތަކަށް ބޭފުޅުން އައްޔަންކުރުމާއި މެދު ގޮތެއް ނިންމުމެވެ. ޤައުމީ ކޮންފަރެސްއިން ފާސްކުރި ޤަރާރަށް ބަހުސް ކުރުން އެޖެންޑާއިން ނުފެނުނު ނަމަވެސް މިކަމަށް ބަހުސްކުރާނެކަމަށް މައުލޫމާތުލިވެއެވެ.

ޖޭޕީގެ ގައުމީ ކޮންފަރެންސްގައި ނެގި ވޯޓުގައި އިއްތިފާގުން ފާސްކޮށްފައިވާ ގަރާރަށް ގޮތެއް ނިންމާނީ ކައުންސިލުން ކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އޭރު ވިދާޅުވި އެވެ. އެ ގަރާރަށް ބަހުސްކޮށް ގޮތެއް ނިންމަން، ގައުމީ ކޮންފަރެންސްގައި އަލަށް އިންތިހާބުކުރި ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *