logo minivan

English

ބުރާސްފަތި, 25 ޖުލައި 2024

އައްޑޫ ބޯޓެއްގައި ރޯވެ، ފަޅުވެރިޔަކު ގެއްލިގެން ހޯދަނީ

އައްޑޫ އާއި މާލެއާ ދެމެދު މުދާއުފުލާ ބޯޓެއް ކަމަށްވާ އާގަލާ ބޯޓުގައި ރޯވެ އެ ބޯޓުން ދަތުރުކުރި ފަޅުވެރިޔަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އެ ބޯޓުގައި ރޯވެފައިވަނީ ރޭ ދަންވަރު 02:47 ގައި މ.ތުވަރުން 0.96 ނޯޓިކަލް މޭލު ބޭރުގައި އޮއްވައި ކަމަށާއި އެވަގުތު ބޯޓުގައި ތިބީ 15 ފަޅުވެރިން ކަމަށެވެ. އެއީ ފަސް ދިވެހިންނާއި، ފަސް އިންޑިއާ މީހުން އަދި ބަންގްލަދޭޝްއަށް ނިސްބަތްވާ ފަސް މީހުންނެވެ.

ބޯޓުގައި ރޯވުމުން ކަނޑަށް ފުންމާލި ފަޅުވެރިންގެ ތެރެއިން 14 މީހަކު އެމްއެންޑީއެފުން ސަލާމަތްކޮށް މިހާރު ވަނީ ފުލުހުންގެ އެހީތެރިކަމާއިއެކު މ. މުލި ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ނަމަވެސް އިންޑިއާއަށް ނިސްބަތްވާ އެކަކު އަދިވެސް ހޯދިފައިނުވާ ކަމަށާއި، އެމީހާ ހޯދުމުގެ މަސައްކަތް ކަނޑާ ވައިގެ މަގުންދަނީ ކުރަމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި ބޯޓު ވަނީ ވަރަށް ބޮޑަށް އަނދާފައި ކަމަށާއި، އަދި މިހާރު ދަނީ އަޑިޔަށް ދަމުން ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *