logo minivan

English

އަންގާރަ, 23 ޖުލައި 2024

ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ބޮޑުވަޔަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖީ ސާވިސް (މެޓް އޮފީހުން) ވައިޓް އެލާޓް ނެރެފި އެވެ.

މިއަދު މެންދުރު 13:00 ކުން އިރު އޮއްސި 6:00 އަށް ވައިޓް އެލާޓް ނެރުނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށެވެ.

މެޓް އޮފީހުން ނެރުނު އެލާޓްގައި ވާ ގޮތުން މި ސަރަހައްދަށް މިއަދު ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވެ އެވެ.

ރާއްޖޭގެ އުތުރަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ މޫސުމާ ބެހޭ އިދާރާއިން ނެރޭ އެލާޓްތަކަށް ސަމާލުވާން އެ އިދާރާއިން އެދެ އެވެ.

މުސުމާ ބެހޭ އިދާރާއިން މިއަދު އާއްމުކުރި ސެޓެލައިޓް ފޮޓޯއަކުން ފެނަން ގޮތުގައި ރާއްޖޭގެ އުތުރުން ފެށިގެން މެދުތެރެއާ ހަމައަށް ބޯ ވިލާތައް ފެތުރިފައި އެބަ އޮތެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *