logo minivan

English

އަންގާރަ, 23 ޖުލައި 2024

ހުރިޙާ ދާއިރާއެއްގެ އާ މުސާރައިގެ އޮނިގަނޑު ހަދައި ނިމިއްޖެ

ދައުލަތުގެ ހުރިހާ ދާއިރާއެއްގެ މުސާރަ އެއްހަމަ ކުރުމަށް ކުރިއަށްގެންދާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް މިހާރު ނިމިފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މަތީތައުލީމުދޭ މަރުކަޒުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާ ގުޅިގެން، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ.  ދައުލަތުގެ އާ ޕޭ ފްރޭމްވޯކްގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާކަމަށެވެ.

ނަމަވެސް އެ ފްރެމްވޯކަށް ހިޖުރަކުރާނީ އެކަމަށް ބަޖެޓް ކަނޑައަޅައި ރާއްޖޭގެ މުޅި އިގްތިސާދަށް ބެލުމަށްފަހުގައި ކަމަށް އަމީރު ވިދާޅުވިއެވެ.

"ގާތްގަނޑަކަށް އެމަސައްކަތް ނިމިފަވަނީ އެހެންނަމަވެސް އާ ފްރޭމްވޯކަށް ހިޖުރަ ކުރާނީ ކޮންއިރަކުތޯ ނިންމާނީ، މުޅި ބަޖެޓާ އެއްކޮށް ، މުޅި އިގްތިސާދަށް އަންނަބަދަލު ބެލުމަށްފަހު ، މުޅި ސިވިލްސާވިސްގެ އާ ޕޭ ފްރޭމް ވޯކަށް ހިޖުރަ ކުރާނީ" އަމީރު ވިދާޅުވިއެވެ. 

އާ ޕޭ ފްރޭމް ވޯކަށް ހިޖުރަކުރާނީ މުއައްސަސާ ތަކުގެ ގިންތިތައް ކަނޑައަޅާ އެއްހަމަ ކޮށްފައިކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

" މިސާލަކަށް ކުރިއަށް އޮތްތާ ހުރިހާ ވުޒާރާއެއްގެ އެޗްއާރުގައި ތިއްބެވި މުވައްޒަފުންނަށް ލިބޭނީ އެއް މުސާރައެއް. އެކިއެކި މުއައްސަސާތަކުގަ އެބަތިބި ތަފާތު މުސާރަތަކުގަ. ހަމައެކަނި ތަފާތަކީ ގިންތިތައް. މުއައްސަސާތައް ހުންނާނެ އަޅުގަނޑުމެން ގިންތި ކޮށްފަ."  އަމީރު ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ، މަތީ ތައުލީމު ދޭ މަރުކަޒުތަކުގެ މުވައްޒަފުންގެ މުސާރައަށް އައި ބަދަލުގެ ތަފްސީލު ހާމަކޮށްފައިވާ އިރު، އާ ޕޭ ފްރޭމްވޯކްގެ ދަށުން ސަރުކާރުން މީގެ ކުރިން ވަނީ ޓިޗަރުންގެ މުސާރަވެސް ބޮޑުކޮށްފައެވެ.  އަދި އަންނަ މެއި މަހުން ފެށިގެން ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާންކުރައްވާފައެވެ. މީގެ އިތުރުން ޕޭ ޙާމަނައިޒޭޝަނެގެ މަސައްކަްތ ނިމޭ އިރު ސިވިލް ސާރވިސްއާއި، އެނޫންވެސް ދާއިރާތަކުގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ވެސް ސަރުކާރުން ބުނެއެވެ.

.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ކަލޭމެން އެއްޗެއް ދިނިއްޔާ އަނެއް ކޮޅުން މުވައްޒަފުން އަތުން އަތލާނެ

  2. ކަލޭމެން އެއްޗެއް ދިނިއްޔާ އަނެއް ކޮޅުން މުވައްޒަފުން އަތުން އަތުލާނެ ޓީޗަރުންނަށް މުސާރަ ބޮޑުކުރިއޭ ކިޔާފަ ޓީޗަރުންނަށް ޢާއަލާއާ އެއްކޮށް ހޭދަކުރަން އޮތް ވަގުތުކޮޅު ނަގާގެން އެހެންނޫނަސް ހަފްތާގަ އެހީހާހާހާހާހާހާހާހާހާހާ ބުރަކޮށް މަސައްކަތް ކޮށްފަ ޓެންޝަން ފިލުވާލަން ލިބޭ ދުވަސް ފޭރިގެންފި

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *