logo minivan

English

ބުދަ, 24 ޖުލައި 2024

ރައީސް ޔާމީންގެ އިސްތިއުނާފް ބަލައިނުގަނެގެން އިދިކޮޅު ލީޑަޝިޕް ހައިކޯޓަށް

ކުރީގެ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު ހައިކޯޓަށް ހުށަހެޅުމުން އެކޯޓުން އެމައްސަލަ ބަލައި ގަތުމާއިމެދު  ގޮތެއް ނިންމާފައި ނުވާތީ ޕީޕީއެމްޕީއެންސީގެ އިސް ބޭފުޅުން ހައިކޯޓަށް ވަޑައިގެންފިއެވެ.

މިއަދު ހައިކޯޓުން ނިކުމެވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވީ އެބޭފުޅުން ކޯޓަށް ވަޑައިގެންނެވީ މިމައްސަލަ ބަލައިނުގަނެ ގޮތެއްނުނިންމާ ލަސްވަމުންދާތީކަމައެވެ.

" އަޅުގަނޑުމެންނަށް އެއްގޮތަކަށް ވެސް މައްސަލަ ބަލައިގަތްކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ ، މިމައްސަލަ ބަލައިނުގަނެ ގޮތެއްނުނިންމާ ލަސްވަމުންދާ ތީ އެއީ އަޅުގަނޑު މެންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް، އެހެންވެ އެ އޮޅުން ފިލުވަން މިއައީ އެކަމަކު ރައީސް އާ ބައްދަލު ކުރެވޭ ގޮތެއް ނުވި، އަޅުގަނޑު މެން މި ނިކުތީ މިއައީ ކީއްވެގެންކަން ދަންނަވާފަ " އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ  14 ދުވަސް ތެރޭގައި ޖަވާބު ދޭން ގާނޫނުގައި  އޮތަސް މައްސަލައިގެ ގޮތުން އިސްކަންދޭން ޖެހޭ މައްސަލަ ހުންނާނެ ކަމަށެވެ.

" ކޮންމެހެން 14 ދުވަސް ހަމަކުރަން ޖެހޭނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. އޭގެ ކުރިން ވެސް މިކަމަށް ޖަވާބު ދެވިދާނެ. މިހާރު އަޅުގަނޑުމެން މިކުރަނީ ހަމައެކަނި ޕީޕީއެމް، ޕީއެންސީގެ މަސައްކަތެއް ނޫން. މިހާރު މިކުރަނީ ދިވެހި ރައްޔިތުންގެ މަސައްކަތެއް." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ކޯޓުން  އެބޭފުޅުންނާ މިއަދު ބައްދަލު ނުކުރިކަމުގައި ވިޔަސް އަދި މާދަމާ ވެސް ކޯޓަށް ވަޑައިގަންނަވާނެކަމަށެވެ. 

ކުރީގެ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.

ވ. އާރަށް ކުއްޔަށްދިން ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ އިރު، އިދިކޮޅުން ވަނީ، ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީންގެ ނަން އިއުލާންކޮށްފައެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *