logo minivan

English

އަންގާރަ, 23 ޖުލައި 2024
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް

ރިޔާސީ ރޭހަށް ނުކުންނެވުމާ މެދު ގޮތް ނިންމަވަން ޖޭޕީ ކައުންސިލުން ގާސިމަށް ބާރު ދީފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ( ޖޭޕީ)ގެ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނަވައި ކޯލިޝަނެއް ހައްދަވަން އެދިވަޑައިގަންނަވާ ނަމަ އެގޮތަށް އަމަލުކުރައްވަން ނުވަތަ ނުކުމެވަޑައި ނުގެން އެހެން ޕާޓީއަކާ އެކު ކޯލިޝަން ހައްދަވަން އެދިވަޑައިގަންނަވާ ނަމަ އެގޮތަށް އަމަލުކުރެއްވުމުގެ ބާރު ޖޭޕީ ކައުންސިލުން އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ދީފި އެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެން ގޮވާލައި ގަރާރެއް އެޕާޓީގެ ގައުމީ ކޮންފަރެންސުން ފާސްކުރި އެވެ. އެގަރާރަށް ބާރުދީ ޖޭޕީގެ ކައުންސިލަށް، އެކައުންސިލްގެ މެމްބަރު އަހުމަދު ނާޒިލު ހުށަހެޅުއްވި ގަރާރެއްގައި ހުށަހެޅުއްވީ ރިޔާސީ އިންތިހާބަށް ޖޭޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުނަންނަވައި ކޯލިޝަނެއް ހައްދަވާ ނަމަ އެކަމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ބާރު ގާސިމަށް ދޭށެވެ. ޖޭޕީ ކައުންސިލުން ފާސްކުރި އެ ގަރާރުގައިވާ ގޮތުން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއްގެ ގޮތުގައި ނުކުމެވަޑައި ނުގަތުމުގެ އިޚުތިޔާރު ވެސް ގާސިމަށް އޮންނާނެ އެވެ.

އަންނަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގެންނެވުމާއި މެދު ގާސިމް މިަހއިތަނަށް ގޮތެއް ނިންމަވާފައި ނުވާ އިރު މިހާރު ވެސް އޮތް ކޯލިޝަނުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު ކުރިއަށްދާން، ރައީސް ވަނީ ޖޭޕީއަށް ދައުވަތު ދެއްވައިފަ އެވެ. އެކަމާ މަޝްވަރާކުރައްވަން ރައީސްގެ މަންދޫބުން ކުރިން ވަނީ ގާސިމާ ބައްދަލުވެސް ކުރައްވައިފަ އެވެ.

ގާސިމް ދާދި ފަހުން ރައީސް އޮޕީހަށް ވަޑައިގެން ރައީސް ސޯލިހާ ބައްދަލު ކުރެއްވި ނަމަވެސް އެ ބައްދަލުވުމާ ބެހޭ ގޮތުން  ނޫސްވެރިންނަށް މައުލޫމާތު ދެއްވި އިރު ވިދާޅުވީ ކޯލިޝަނާ ބެހޭ ގޮތުން އެ ދުވަހު މަޝްވަރާ ނުކުރައްވާ ކަމަށެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *