logo minivan

English

އަންގާރަ, 16 ޖުލައި 2024

ރޯވެ އަޑިއަށް ދިޔަ ބޯޓުން އޮޔާދާ ތަކެއްޗަށް ސަމާލުވުމަށް ކޯސްޓްގާރޑުން އިލްތިމާސްކޮށްފި

އައްޑު އާއި މާލެއާ ދެމެދު މުދާއުފުލާ އާގަލާ ބޯޓުގައި ރޯވެ އަޑިއަށް ދިއުމާ ގުޅިގެން އެބޯޓުން ތަކެތި އޮޔާދާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފްގެ ކޯސްޓްގާރޑުން އެދިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ އެ ބޯޓު އަޑިއަށް ދިއުމާއި ގުޅިގެން ބޯޓުން ފެންމައްޗަށް އެރި ބައެއް ތަކެތި އޮޔާދާކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގަނޑަށް ލިބިފައިވާ ކަމަށެވެ. އަދި އެ ތަކެތި އޮޔާ ދަނީ މ. އަތޮޅު ކައިރިން އުތުރަށެވެ. އެހެންކަމުން އެ ސަރަހައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެެވެ.

އެހެން ކަމުން ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެމްއެންޑީއެފުން ވަނީ އެދިފަ އެވެ.

ރޭ ދަންވަރު 02:47 ގައި މ.ތުވަރުން 0.96 ނޯޓިކަލް މޭލު ބޭރުގައި އޮއްވައި މި ބޯޓުގައި އަލިފާނުގެ ހާދިސާ ހިނގިއިރުގައި  ބޯޓުގައި ތިބީ 15 މީހުންނެވެ. އޭގެ ތެރެއިން 14 މީހުން އެމްއެންޑީއެފު ވަނީ ސަލާމަތް ކޮށްފައެވެ. މީގެ ތެރެއިން ފަޅުވެރި ބިދޭސީއަކު ގެއްލިގެން ދަނީ ހޯދަމުން ނެވެ. ގެއްލިގެން ހޯދަމުންދަނީ އިންޑިއާ އަށް ނިސްބަތްވާ ފިރިހެނެކެވެ.

އެ ހާދިސާގައި ގެއްލުނު އިންޑިއާ މީހާ ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުންދަނީ ކުރަމުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *