logo minivan

English

އަންގާރަ, 16 ޖުލައި 2024
އާންމުވެފައިވާ ވީޑިއޯގެ ސްކްރީން ޝޮޓެއް

"ޖޫސް ޓައިމް" ކެފޭއަށް ގެއްލުން ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ދެ ވަނަ މީހާ ވެސް ހައްޔަރުކޮށްފި

މިދިޔަ ފެބްރުއަރީމަހުގެ 17 ވަނަ ދުވަހު ހުޅުމާލޭ ޖޫސްޓައިމް ކެފޭ އަށް ބަޔަކު ވަދެ ގެއްލުން ދިން މައްސަލާގައި އަމަލީ ގޮތުން ބައިވެރިވި ދެވަނަ މީހާ ވެސް ފުލުހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ޖޫސްޓައިމް ކެފޭއަށް އަމަލީގޮތުން ގެއްލުންދިން މައްސަލާގައި ބައިވެރިވި ދެވަނަ މީހާ ހައްޔަރު ކޮށްފައިވަނީ ކޯޓުއަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި ކަމަށެވެ. އެ މައްސަލާގައި ދެވަނަ މީހަކަށް ހައްޔަރު ކޮށްފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ހުޅުމާލޭގައި ހުންނަ ޖޫސްޓައިމްސް ކެފޭއަށް ގެއްލުން ދިނީ މޫނު ނިވާކޮށްގެން ތިބި 2 މީހުންނެވެ. މީގެތެރެއިން ފުރަތަމަ މީހާ ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައެވެ. އުމުރުން 19 އަހަރުގެ މި މީހާގެ ބަންދަށް 15 ދުވަަސް ވަނީ ޖަހާފައެވެ،.

މި މައްސަލާގައި މީގެ ކުރިން ފުލުހުން ވަނީ 7 މީހަކު ހައްޔަރު ކޮށްފައެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *