logo minivan

English

ބުދަ, 24 ޖުލައި 2024

އެއްދަތުރުން އެންމެ ގިނަ ބޮޑު ކަންނެލި ބޭނި ދޯންޏަކަށް ފީއަލީ "ބަންދަރީ" ދޯނި!

އެއްދަތުރުން އެންމެ ގިނައިން ކަންނެލި ބޭނުމުގެ ރިކޯޑް ފ.ފީއަލީ "ބަންދަރީ" ދޯނިން މުގުރާލައިފިއެވެ.

މިނިވަން ނޫހަށް މައުލޫމާތުދެމުން އެދޯނީގެ ކެޔޮޅު އަލީ ރަޝީދު ބުނީ މިދަތުރުގައި އެ ދޯނީގައި ހުރި ކަންނެލި 14 ޓަނަށްވުރެ ބަރުވާނެ ކަމަށެވެ. އެ ދޯނި މިހާރު އަންނަނީ އެންސިސްއަށް ކަންނެލި ކިރުމަށް ހުޅުމާލެއަށް ދަތުރުކުރަމުން ކަމަށް ކެޔޮޅު ބުންޏެވެ. މިއީ އެއްދަތުރުން އެދޯންޏަށް އެންމެ ގިނައިން ބޮޑު ކަންނެލި ބޭނުނު ދަތުރެވެ. މިއަދަދަށް ކަންނެލި ކިރިއްޖެނަމަ މި ދޯނި ވާނީ އެންސިސްގެ ތާރީހުގައިވެސް މިހާތަށް އެެއްދަތުރުން އެންމެ ގިނައިން ބޮޑު ކަންނެލި ކިރުވި ދޯންޏަށެވެ.

އެދޯނި ކަންނެލި ބޭނީ މަލިކާ ދިމާލުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ އެންމެ އުތުރުން ކަމަށް މައުލުމާތުލިބެއެވެ. މިރޭ ފަތިހުގެ ވަގުތެއްގައި މިދޯންޏަށް ހުޅުމާލެއަށް ވަދެވޭނެކަމަށް ކެޔޮޅު ބުންޏެވެ.

އެއްދަތުރުން އެންސިސްއަށް އެންމެ ގިނަ ކަންނެލި ކިރުވައިގެން މިހާތަނަށް ރިކޯޑް އޮތީ ހއ. އިހަވަންދޫ މާހޯރަ-3 ދޯނީގައެވެ. މިދިޔަ އަހަރުގެ ފަހުކޮޅު އެ ދޯނިން 11 ޓަނު 865 ކިލޯގެ ބޮޑު ކަންނެލި އެންސިސްއަށް ކިިރުވާފައިވެއެވެ. އޭގެ ކުރިން މި ރިކޯޑް އޮތީ އއ ރަސްދޫ "ޒޫމް ފިޝަރ" ދޯނީގައެވެ. އެދޯނިން އެއް ދަތުރުން 11 ޓަނު 501 ކިލޯ ކިރުވިއެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *