logo minivan

English

ހޮނިހިރު, 13 ޖުލައި 2024
ފިލިޕީންސްގެ ކަނޑަށް ލީކުވި ތެޔޮ ސާފުކުރުމުގެ މަސައްކަތް ކުރިއަށްދަނީ

ފިލިޕީންްސްގެ ތެޔޮ ޓޭންކަރެއް އަޑިއަށް ގޮސް ކަނޑަށް ތެޔޮ ލީކުވަނީ

ފިލިޕީންސްގެ އައްސޭރިފަށުގެ އަވަށެއް ކައިރިން އަޑިއަށް ދިޔަ ތެޔޮ ޓޭންކަރަނު ތެޔޮލީކުވާން ފަށައިފިއެވެ.

މިދިޔަ ހަފުތާގައި އޮރިއެންޓަލް މިންޑޯރޯ ޕްރޮވިންސްގެ އައްސޭރިފަށުން އަޑިއަށް ދިޔަ އެމްޓީ ޕްރިންސަސް އެމްޕްރެސް ކިޔާ ޓޭންކަރުން އަށް ލައްކަ ލީޓަރުގެ ތެޔޮ ވަނީ ލީކުވެފައެވެ.

ލީކުވި ތެޔޮ ވަނީ މަސްވެރިކަން ކުރާ އެ އަވަށްތަކުގެ ގޮނޑުދޮށާ ހަމަޔަށް ފޯރާފައެވެ. އޭގެ ސަބަބުން މީހުންގެ ގައިގައި ރިއްސުމާއި، ބޮލުގައި ރިއްސުން ފަދަ ކަންތައްތައް ދިމާވެފައިވާ ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ވަނީ ބުނެފއެވެ.

ފިލިޕީންސްގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެ ޕްރޮވިންސްގައި ހާލުގައި ޖެހިފައިވާ ސަރަހައްދުތަކަށް ކާރިސާގެ ހާލަތު އިއުލާނުކޮށްފައެވެ. އެ ސަރަހައްދު ސާފުކުރެވެންދެން މަސްވެރިކަން ކުރުންވެސް މަނާކޮށްފައެވެ. ނަމަވެސް އޭގެ ސަބަބުން އެ ސަރަހައްދުގެ ގިނަ ބައެއްގެ ދިރިއުޅުމަށް ވަރަށް ބޮޑު އަސަރެއް ކުރާނެއެވެ.

ލީކުވަމުންދާ ތެލުގެ ސަބަބުން މުރަކަތައް މަރުވެ، ނުވަތަ މުރަކަތައް އުފެދުމަށް ހުރަސް އެޅިދާނެ ކަމުގެ ބިރުވެސް ވަނީ ހީވެފައެވެ. އޮފިޝަލުން މިއަދު ބުނީ މިދިޔަ ހަފުތާގައި އަޑިއަށް ދިޔަ ތަނުން ދަތުރުކުރި ބޯޓު ފެނިފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ފިލިޕީންސްގެ ދިދަ ޖަހާފައިވާ މި ބޯޓު އަޑިއަށް ދިޔައީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ސާފެއް ނުވެ އެވެ. ބޯޓު އަޑިއަށް ދިއުމުގެ ކުރިން އެ ބޯޓުގެ 20 ފަޅުވެރިން ވަނީ ސަލާމަތްކޮށްފައެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ޓޭންކަރުގެ ތެރޭގައި ތެޔޮ ބާކީ ހުރީ ކިހާ ވަރަކަށްތޯ އާއި ބާކީ ހުރި ތެޔޮ ޕަމްޕްކޮށް އިތުރަށް ލީކުވިޔަ ނުދިނުމަށް ކަމާ ބެހޭ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *