logo minivan

English

ބުރާސްފަތި, 25 ޖުލައި 2024
އީރާނުގެ ސްކޫލެއްގެ އަންހެން ދަރިވަރުންތަކެއް ފޮޓޯ: އީޕީއޭ

ދަރިވަރުންނަށް ވިހަދޭ މީހުނަށް އަދަބުދޭން ދޭން ހާމަނާއި ގޮވާލައްވައިފި

އީރާނުގެ ސްކޫލް އަންހެން ކުދިންނަށް ވިހަ ދިނުމަކީ މާފު ނުކުރެވޭ ވަރުގެ ޖަރީމާއެއް ކަމަށް އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ ހާމަނާއި ވިދާޅުވެއްޖެއެވެ.

އީރާނުގެ ލީޑަރު މިހެން ވިދާޅުވެފައިމިވަނީ އިތުރު ސްކޫލްތަކެއްގެ އަންހެން ދަރިވަރުންތަކެއް ހޮނިހިރު ދުވަހު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އީރާނުގެ ސެމީ އޮފިޝަލް ތަސްނީމް ނިއުސް އެޖެންސީ އާއި މެހެރް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ހުޅަނގު ހަމީދާން ޕްރޮވިންސާއި ހުޅަނގު އުތުރު ޒަންޖާން އަދި އަޒަރުބައިޖާން ޕްރޮވިންސްގެ ސްކޫލްތަކުގެ އަންހެން ކުދިން ހޮނިހިރު ދުވަހު ވަނީ ބަލިވެފައެވެ.

ނިއުސް އެޖެންސީތަކުން ބުނީ ހުޅަނގު ދެކުނުޕްރޮވިންސް ކަމަށްވާ ފާސް އާއި އުތުރުޕްރޮވިންސް އަލްބޯޒްގެ ސްކޫލްތަކުންވެސް ވިހަވުމުގެ މައްސަލަތައް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

"ދަރިވަރުން ވިހަވުމުގެ މައްސަލަ ކަމާބެހޭ ފަރާތްތަކުން ސީރިއަސްކޮށް ކުރިއަށް ގެންދަން ޖެހޭ. މިއީ މާފު ނުކުރެވޭ ވަރުގެ ޖަރީމާއެއް… މި ޖަރީމާ ހިންގި މީހުންނަށް ހަރުކަށި އަދަބު ދޭން ޖެހޭ،" ހާމަނާއީއާ ހަވާލާދީ ދައުލަތުގެ މީޑިއާއިން ބުނެފައިވެއެވެ.

"ދަރިވަރުންނަށް ވިހަދިން ކަން ސާބިތުވެއްޖެ ނަމަ މި ކުށުގެ ފަހަތުގައި ތިބި މީހުންނަށް މަރުގެ އަދަބު ދޭން ޖެހޭނެ،  އެ މީހުންނަށް މައާފެއް ނުލިބޭނެ،" ހާމަނާއީ ވިދާޅުވިއެވެ.

އީރާނުގައި ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ 50 އިންސައްތަ ހިއްސާކުރަނީ އަންހެން ކުދިންނެވެ.

އީރާނުގެ ރައީސް އިބްރާހީމް ރައީސީ ވަނީ އެ މައްސަލަތަކަކީ "ރައްޔިތުންގެ ތެރޭގައި ބިރުވެރިކަމާއި މާޔޫސްކަން އުފައްދަން ދުޝްމަނުންގެ ރޭވުމެއް ކަމަށް ސިފަކުރައްވާފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *