logo minivan

English

އަންގާރަ, 23 ޖުލައި 2024
ޕޮލިސް ކަމިޝަނަރު މުހައްމަދު ހަމީދާއި ފުލުހުންގެ ބައެއް އިސް އޮފިސަރުން، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ

އެއްކުއްޖަކު 11 ފަހަރު ގެއްލިގެން ހޯދަން ޖެހުނު: ސީޕީ

މީހުންނާއި ކުދިން ގެއްލުމުގެ މައްސަލަތައް ރާއްޖޭގައި ފަހަކަަށް އައިސް ވަަރަށް ގިނަވެފައިވާ ކަމަށާއި ބައެއް ކުދިން ތަކުރާރުކޮށް ގެއްލޭ ކަމަށް ކަމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމެއްގައި ކަމިޝަނާ އޮފް ޕޮލިސް މުަހައްމަދު ހަމީދު ވިދާޅުވީ މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ކުޑަކުދިން ގެއްލުމުގެ މައްސަލަތައް މިދިޔަ ދެ އަހަރު ތެރޭގައި 63 ފަހަރަކު ފުލުހުންނަށް ހުށަހެޅި ކަމަށެވެ. އެ ކޭސްތަކުގައި ހިމެނެނީ އޭނާ ވިދާޅުވި ގޮތުގައި 32 ކުއްޖެކެވެ.

"މީގެ ތެރެއިން ބައެއް ކުދިންނަކީ ތަކުރާރުކޮށް ގެއިން ނުކުމެގެން ގޮސް ވީނުވީއެއް އަޅުގަނޑުމެންނަށް، ފުލުހުންގެ ހިދުމަަތަށް ހުށަހެޅިގެން ހޯދޭ ކުދިން. އެގޮތުން އެއް ކުއްޖަކު 11 ފަހަރު ދެވަނަ ކުއްޖަކު ހަތަރު ފަހަރު، 2021 އާއި 2022 އަށް އެކަނި ބެލިކަމުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވޭ،" ހަމީދު ވިދާޅުވި އެވެ.

ސީޕީ ވިދާޅުވި ގޮތުގައި ކުޑަކުދިންގެ އިތުރުން ދޮށީ އުމުރުގެ މީހުން ގެއްލުމުގެ މައްސަލަތައް ވެސް ފުލުހުންނަށް ދޭތެރެދޭތެެރެއިން ހުށަހަޅަ އެވެ. އެފަދަ ބައެއް މައްސަލަތައް، މީހުން ގެއްލުމުގެ މައްސަލައެއްގެ ގޮތުގައި ރެކޯޑްކުރުމުގެ ކުރިން އެމީހުން ފެނިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް އެއަށް ވުރެ ވަގުތު ދިގުލައިގެން ދިއުމުން މިދިޔަ އަހަރު ވެސް 35 މައްސަލައެއް ރިކޯޑްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އަށް ޕޮލިސް ކަމިޝަނަރާއި ފުލުހުންގެ އިސް ބައެއް އެހެން އޮފިސަރުން ވަޑައިގެންނެވީ އައްޑޫ މަރަދޫފޭދޫ ، ގަސްކަރަ މުހައްމަދު އާސިރު އިސްމާއީލާއި އއ. މަތިވެރި، ރިވެލި ހަސަން އަލީ ގެއްލިގެން ރިޕޯޓްކުުރުމުން އެ ދެމީހުން ހޯދަން ފުލުހުން ކުރި މަސައްކަތްތަކުގެ ތަފްސީލު ދެއްވުމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *