logo minivan

English

ހޯމަ, 09 ޑިސެމްބަރ 2024

ކުޑަގިރި މާހެފުން، ބޮލަކަށް 165 ރުފިޔާ

ޕިކްނިކް އައިލެންޑް ކުޑަގިރީގައި ރޯދައަށް މާހެފުންތަކެއް ބާއްވާނެ ކަމަށް އެރަށުން ބުނެފި އެވެ.

ކުޑަގިރި ޓުވިޓާ އެކައުންޓުން މިއަދު ކުރި ޓްވީޓުގައި ބުނީ މާހެފުމަށް ކުޑަގިރި އަށް ދެވޭނެ ކަމަށާއި އަދި މާހެފުމަށް ބޮލަކަށް ނެގުމަށް ހަމަޖެހިފައިވަނީ 165 ރުފިޔާ ކަމަށެވެ.

މި ޓްވީޓާ އެކު ކުޑަގިރިން ވަނީ މާހެފުމަށް ހާއްސަ މެނޫއެއްވެސް އާއްމުކޮށްފަ އެެވެ. އެ މެނޫގައި 16 ބާވަތެއްގެ ކާތަކެތި ހިމެނެއެވެ. އޭގެ ތެރޭގައި ކުޅިފާރޮށި، އަވެލި، ޕާން ބޯކިބާ، މަސްކުރޮޅި، ފޮނި ފާރޮށި އަދި މީގެ އިތުރުން ވެސް އެކިބާވަތްތައް ހިމެނެއެވެ. މާހެފުމަށް އެރަށައް ދާންބޭނުންވާ ފަރާތްތަކުން އިތުރު މައުލޫމާތު ބޭނުންނަމަ އެރަށުގެ ނަންބަރު 3356454 އަށް ގުލުމުން މައުލޫމާތު ލިބޭނެ ކަމަށް ކުޑަގިރިން ބުންޏެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *