logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024
ހައިކޯޓްގެ މައި ދޮރާށި. ބިންވެރިޔާ ސްކީމްގެ އުސޫލު ބާތިލުކޮށްދޭން އެދި ހުށަހަޅާފައިވާ މައްސަލަ އެކޯޓުން ވަނީ މިއަދަށް ތާވަލުކޮށްފައި. ފޮޓޯ:ހައިކޯޓު

ހައިކޯޓު އިސްފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

ހައިކޯޓު އިސްފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ކުރި އިއުލާނުގައިވާ ގޮތުން ، ހައިކޯޓްގެ އިސް ފަނޑިޔާރުކަމަށް، އެކޯޓުގެ ކޮންމެ ފަނޑިޔާރަކަށް ވެސް ކުރިމަތިލެއްވޭނެ އެވެ. އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހުގެ 12 ވަނަ ދުވަހުގެ މެންދު 12:00 އެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް ވަޑައިގަންނަވާ ފަނޑިޔާރަކަށް މުސާރަޔާއި އިނާޔަތްކުގެ ގޮތުގައި މަހަކު ޖުމްލަ 56،300 ރުފިޔާ ލިބިވަޑައިގަންނަވާ އިރު އޭގެ އިރު ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތެއްގެ މަތިން ހެލްތު އިންޝުއަރެންސް އާއި ފޯނު އެލެވެންސް ވެސް ލިބިވަޑައިގަންނަވާނެ އެވެ.

ހައިކޯޓްގެ އިސްފަނޑިޔާރުކަމަށް ކުރިމަތިލާން ޖޭއެސްސީން ހުޅުވާލާފައި މިވަނީ އެކޯޓްގެ ފަނޑިޔާރުކަމަށް ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަހުމަދު ޝަކީލް އައްޔަންކުރަން ނިންމުމަށް ފަހުގަ އެވެ. ކުރީގެ ރައީސް ޔާމީނުގެ މައްޗަށް މަނީލޯންޑްރިން އާއި ރިޝްވަތު ހިފުުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވި އިރު އެ ޝަރީއަތުގެ ރިޔާސަތު ބެލެހެއްޓެވި ޝަކީލް ހައިކޯޓަށް އައްޔަން ކުުރުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު ފަރާތްތަކުން އިއްޔެ ޖޭއެސްސީއަށް ދިޔަ އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *