logo minivan

English

އަންގާރަ, 16 ޖުލައި 2024

މާލޭގެ 10 ތަނެއް ފާސްކޮށް، 4 ކިލޯގެ ޑްރަގް އަތުލައިގަނެފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ 10 ތަނެއް ބަލައި ފާސްކޮށް ހަތަރު ކިލޯގެ މަސްތުވާ ތަކެތި އަތުލައިގަނެފައިވާ ކަމަށް ޕޮލިސް ކޮމިޝްނަރ މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ޕޮލިސް ކަމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވި ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު  މާލޭގައި 10 ތަނެއް ބަލާ ފާސްކުރީ ފުލުހުންނަށް އިންޓެލިޖެންސް މައުލޫމާތެއް ލިބިގެން ކަމަށެވެ. އެ އޮޕަރޭޝަނުގައި ތަންތަން ބަލައި ފާސްކުރުމުގެ ތެރެއިން 4.097 ކިލޯގެ ހެރޮއިން (މަސްތުވާތަކެތީގެ ބާވަތެއް) އަތުލައި ގަނެފައިވާ ކަމަށް ހަމީދު ވިދާލުވެފައިވެއެވެ. އެ އޮޕަރޭޝަނުގައި ފަސް މީހަކު ހައްޔަރުކުރި އިރު، އެ އެންމެނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ތިން ވަނައަށް އެންމެ ގިނައި ރިޕޯޓް ކޮށްފައި ވަނީ މަސްރުވާ ތަކެތީގެ މައްސަލަތަކެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް މަސްތުވާތަކެތީގެ 310 މައްސަލައެއް ފުލުހުންނަށް ހުށައެޅިފައިވެ އެވެ. އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތީގެ މައްސަލަ ރިޕޯޓްކޮށްފައި ވަނީ މާލޭ ސަރަހައްދުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. މުޅި މާލޭގައި ކުއްތާ ދުއްވަންވީ………ކޮންމެ ދެދުވަހުން އެއްދުވަހު…….މިއީ މަށަށް ފެންނަގޮތް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *