logo minivan

English

އަންގާރަ, 23 ޖުލައި 2024

ދެކުނުގެ ކަނޑުތަކުގެ ދިރާސާ ނިންމާލައިފި، މިމަހު 15ގައި ރިޕޯޓް އާންމުކުރާނެ!

ރާއްޖޭގެ ދެކުނުގެ ކަނޑުތަކުގެ ދިރާސާއެއް ކުރުމަށް މެރިން ސްޕޭޝަލް ޕްލޭން އެކުލަވާލުމަށް ބޭނުންވާ އިތުރު މައުލޫމާތު އެއްކުރުމުގެ ގޮތުން ނޭޝަނަލް ޖިއޮގްރިފިކްގެ ޕްރިސްޓީން ސީސް އިން ފަށާފައިވާ އެކްސްޕެޑިޝަން ނިންމާލައި، ރިޕޯޓްތައް ހާމަކުރުމަށް ނޫރާއްޖެއިން ނިންމާފި އެވެ.

އޯޔޫއެސް ޕްރެޒެންޓޭޝަން އޮންނާނީ މިމަހުގެ 15 ވަނަ ދުވަހު މެންދުރު 14:00 ކުން 13:00 ކަމަށް ނޫރާއްޖެއިން ބުނެއެވެ.

އެމްއެންޔޫ ގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ސާރވޭގައި ދެކުނުގެ ކަނޑުތަކުގެ ތަފާތު މައުލޫމާތާއި މިކަމުގައި ބައިވެރިވި ޓީމާ ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ނޫރާއްޖެއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެއެވެ.

މި ސާރވޭގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރެޖިސްޓްރީ ކުރެއްވުމަށް ޓްވީޓްގައި އިން ލިންކް މެދުވެރިކޮށް ކުރެވޭނެއެވެ.

ނިމިގެންދިޔަ އެކްސްޕެޑިޝަންގެ ސަބަބުން ރާއްޖޭގެ ކަނޑުފަޅުގެ ދިރުން ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީގެ ކަންކަން ބައްޓަންކުރުމަށް އެހީތެރިވެދޭނެ މައުލޫމާތުތަކަކަށް ވާނެ ކަމަށް "ނޫރާއްޖެ" އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެ ދަތުރުގައި ނޫރާއްޖޭގެ ސައިންޓިސްޓް މައީޝާ ގެ އިތުރުން ރާއްޖޭ އަދި ބައިނަލްއަގްވާމީ ގޮތުން ފާހަގަކޮށްލެވޭ ސައިންސްވެރިންވެސް ބައިވެރިވެފައިވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *