logo minivan

English

ބުދަ, 24 ޖުލައި 2024

މުޖުތަމައުގައި އަންހެނުންގެ ދައުރަކީ، ދެވަނައެއްނެތް ދައުރެއް : ރައީސް ސޯލިހް

މުޖުތަމައުތައް ތަރައްގީކޮށް ކުރުއެރުވުމުގައި އަންހެނުން އަދާކުރާ ދައުރަކީ އެފަދަ ދެވަނައެއްނުވާ ދައުރެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ، އަންހެނުންގެދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ،  އަންހެނުންގެ ދުވަހު ހަނދާން ކުރަންވީ،  މުޖުތަމައުތައް ކުރިއެރުވުމުގައި އަންހެނުން އަދާކުރާ ދައުރަކީ އިންކާރުނުކުރެވޭނެ ގޮތުގައި، އެފަދަ ދެވަނައެއްނުވާ ދައުރެއްކަމުގައެވެ.

މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރަކީ "ޑިޖިޓްއޯލް – އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ފޯ ޖެންޑާ އީކުއަލިޓީ" ކަމުގައި ވާއިރު، ރައީސް ސޯލިހު ވިދާޅުވީ، ޑިޖިޓަލް މުސްތަގުބަލެއް ބައްޓަން ކުރުމަށް އެ ދާއިރާއިން އަންހެނުން ބާރުވެރި ކުރުވުމަށްޓަކައި ތަފާތުތައް ނައްތާލަން އިސްކަމެއް ދީގެން މަސައްކަތް ކުރަން ޖެހޭނެ ކަމުގައެވެ.

ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހަކީ ކޮންމެ އަހަރަކު ވެސް މާޗް މަހުގެ 8 އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *