logo minivan

English

ބުދަ, 24 ޖުލައި 2024

ރައީސް ޔާމީންގެ ކުރީގެ ލީގަލްޓީމްގެ މެމްބަރު ޝަޒީމް، އަދީބުގެ އެމްޓީޑީއަށް ސޮއިކޮށްފި

ރައީސް ޔާމީނާއި ޕީޕީއެމްގެ ކުރީގެ ލީގަލްޓީމްގައި ހިމެނިވަޑައިގަންނެވި މަޝްހޫރު ދިފާއީ ވަކީލު އަލްއުސްތާޒު ޝަޒީމް ވަހީދު ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ އެމްޓީޑީއަށް ސޮއިކޮށްފިއެވެ.

މިކަން ހާމަކޮށް އެމްޓީޑީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެމްޓީޑީގެ މެމްބަރުންނަށް ހިލޭ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޝަޒީމް ލީޑު ކުރައްވާނެ ކަމަށެވެ. ޝަޒީމަކީ ޖިނާއީ އަދުލުގެ ދާއިރާއިން 11 އަހަރު މަސައްކަތް ކުރައްވާފައިވާ އަދި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ތަޖުރިބާކާރު ޤާނޫނީ ވަކީލެކެވެ. ޝަޒީމް ފާހަގަވެފައިވަނީ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ވަކާލާތުކޮށް އެ މައްސަލަތައް ކާމިޔާބުކުރައްވާފައިވާ ކުޅަދާނަ ދިފާއީ ވަކީލެއްގެ ގޮތުގައެވެ. ޚާއްޞަކޮށް ޤާނޫނު އަސާސީއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނާ ހިލާފަށް މައްސަލައެއްގައި އެއްވެސް ކަމެއް ގޮސްފައިވާނަމަ އޭގޭ ބޭނުން ވަރަށް ފުރިހަމައަށް ހިފާ ވަކީލެއްގެ ގޮތުގައި ޝަޒީމް ފާހަގަކުރެވެއެވެ.

ޝަޒީމާއެކު އެމްޓީޑީގެ ޤާނޫނީ ޓީމް އެކުލަވާލުމުގެ މަސައްކަތް ކުރަމުންގެންދާކަމަށް އެމްޓީޑީން ބުނެއެވެ. އެމްޓީޑީއަކީ ޒުވާނުންގެ މެދުމުގައި އެންމެ މަޤްބޫލް ސިޔާސީ އެއް ޕާޓީއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *