logo minivan

English

ހޮނިހިރު, 13 ޖުލައި 2024

ރޯދައަށް ތައްޔާރުވާން އެޗްޑީސީއިން ދަރުހެއް ބާއްވަނީ

މިއަހަރުގެ ރޯދަމަހަށް މަރުހަބާ ކިޔުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެ ފޭސް 2 ގައި ހާއްސަ ދަރުހެއް ބާއްވަން ނިންމައިފި އެވެ.

"ރަމަޟާންމަހަށް އިސްތިޤްބާލު ކުރުން" މިނަމުގައި ބާއްވަން ހަމަޖެހިފައިވާ ދަރުސް ދެއްވާނީ ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް އެވެ. އެޗްޑީސީން މިއަދު ބުނި ގޮތުގައި އެ ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ 10 މާރިޗު ވާ ހުކުރު ދުވަހުގެރޭ ހުޅުމާލެ ފޭސް 2 ގައި ހިޔާ ފިލެޓް އެޗް 12 ވަނަ ޓަވަރުގެ އުތުރުން އޮންނަ ހުސް ބިމުހައެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީންކަން ކުރިން ކުރެއްވި ޑރ. އަލީ ޒާހިރަކީ ރާއްޖޭގެ އިލްމުވެރިންގެ ތެރެއިން ފުންނާބު އުސް އިލްމުވެރި އެކެވެ. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ ދީނީ ރޮނގުން ޚިދުމަތްކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން އޭނާައަށް މިދިޔަ އަހަރު އާއްމު ހިދުމަތުގެ އިނާމު ވެސް ލިބިވަޑައިގެންނެވި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *