logo minivan

English

ހުކުރު, 08 ނޮވެމްބަރ 2024

ދަރުމަވަންތައިގެ ފެނުގެ ނިޒާމަށް ދިމާވި މައްސަލައަކުން އައިޖީއެމްއެޗްގައި ލެބްޓެސްޓްތައް ހުއްޓިއްޖެ

އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ބައެެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ދަރުމަވަންތަ އިމާރާތުގެ ފެނުގެ ނިޒާމަކަށް ޖެހުނު މައްސަލައެއްގެ ސަބަބުން އެ ހޮސްޕިޓަލްގައި ލެބޯޓްރީ ޓެސްޓްތައް ހެދުން ހުއްޓައިލަން ޖެހިއްޖެ އެވެ.

އައިޖީއެމްއެޗުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ލެބޯޓްރީގެ ހިދުމަތް ވަގުތީ ގޮތުން ހުއްޓިފައިވާ ކަމަށާއި މައްސަލަ ހައްލުކުރެވުނުހާ އަވަހަކަށް އެކަން އިއުލާނު ކުރާނެ ކަމަށެވެ.

"…ދަރުމަވަންތަ ހޮސްޕިޓަލްގެ ފެނުގެ ސިސްޓަމަށް ދިމާވި މައްސަލައަކާއި ގުޅިގެން، ލެބޯޓަރީގެ ޙިދުމަތް ވަގުތީ ގޮތުން ވަނީ ހުއްޓާލެވިފައިއެވެ. މިކަން ހައްލުކުރެވުނުހާ އަވަހަކަށް އިއުލާނު ކުރާނެވާހަކަ ދެންނެވީމެވެ. މިކަމުން ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދެމެވެ،" އައިޖީއެމްއެޗުން ކުރި ޓްވީޓްގައި ބުންޏެވެ.

އެނގިފައިވާ ގޮތުގައި އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި ތިބި ބަލިމީހުންނަށް ފަރުވާ ކުރުމަށް ޓަކައި އަވަަހަށް ހަދަން ޖެހޭ ޓެސްޓްތައް މިވަގުތު ހަދަމުން އަންނަނީ ހުޅުމާލެ ހޮސްޕިޓަލަށް ފޮނުވައިގެންނެވެ.

ދަރުމަވަންތަ ހޮސްޕިޓަލަކީ ވަކި ހޮސްޕިޓަލެއްގެ ގޮތުގައި ހިންގަން ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުން އެޅި 25 ބުރީގެ އިމާރާތެކެވެ. އެހެން ނަމަވެސް އެތަން ވަކި ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުވުމުގެ ބަދަލުގައި ބޭނުންކުރަމުން އަންނަނީ އައިޖީއެމްއެޗްގެ ބައެއްގެ ގޮތުގަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *