logo minivan

English

ހޮނިހިރު, 13 ޖުލައި 2024
ރަޝިޔާއިން ދިން ހަމަލާގައި ރޯވެފައިވާ ކާރުތަކެއް ކައިރީގައި ފަޔާ ފައިޓަރުން ހަރަކާތްތެރިވަނީ ފޮޓޯ: ރޮއިޓާސް

ރަޝިޔާގެ ވައިގެ ހަމަލާތަަކެއް އަނެއްއްކާވެސް ޔޫކްރޭނަށް!

ރަޝިޔާއިން  ޔޫކްރެއިންގެ އުތުރު ހާރްކީވްއިން ފެށިގެން ދެކުނުގެ އޮޑެސާ އާއި ހުޅަނގުގެ ޒައިޓޮމިރުގެ އެކި ސަރަހައްދުތަކުގެ އަމާޒުކޮށް މިސައިލްތަކެއް ފޮނުވާލައިފިއެވެ.

މިސައިލްގެ ސަބަބުން ހާރްކިވް އާއި އޮޑެސާގެ އިމާރާތްތަކަށާއި އުމްރާނީ ވަސީލަތްތަކަށް ގެއްލުން ލިބިފައިވާއިރު ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފައެވެ. ވެރިރަށް ކީވްއަށް ވެސް ހަމަލާތައް އަމާޒުވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހަމަލާތައް ދީފައި މިވަނީ ޔޫކްރެއިންގެ އިރުމަތީގައި އޮންނަ ބަހްމުތު ސިޓީއާ ދެކޮޅަށް ވަރުގަދަ ހަނގުރާމަތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ އިންޓެލިޖެންސް ޗީފަކު ލަފާ ދެއްވާފައި ވަނީ ހަނގުރާމަ އެތައް އަހަރެއް ވަންދެން ކުރިއަށް ހިނގައިދާނެ ކަމަށެވެ.

ރަޝިޔާއިން ޔޫކްރޭނަށް ހަމަލާދޭން ފެށީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އޭގެ ފަހުން އެތައް ހާސް ހަނގުރާމަވެރިންނާއި އާންމުން ވަނީ މަރުވެފައެވެ. އަދި ޔޫކްރެއިންގެ އެތައް މިލިއަން ބަޔަކު ވަނީ ރެފިއުޖީންނަށް ވެފައެވެ.

ވެރިރަށް ކިއެވްގެ މޭޔަރު ވިޓަލީ ކްލިޓްޝްކޯ ވިދާޅުވީ ހަމަލާގެ ސަބަބުން މީހުން ދިރިއުޅޭ އިމާރާތެއްގެ ގޯތިތެރޭގައި ކާރުތައް އަނދަމުންދާ މަންޒަރު ފެނިފައިވާ ކަމަށެވެ. އެހެންވެ ގޭތެރޭގައި ތިބުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ބަނދަރު ސިޓީއެއް ކަމަށްވާ އޮޑެސާގެ އެނާޖީ ފެސިލިޓީއަކަށް އަމާޒުކޮށް ދިން މިސައިލް ހަމަލާއެއްގެ ސަބަބުން ކަރަންޓު ކެނޑިފައިވާ ކަމަށް އެ ތަނުގެ ގަވަރުނަރު މަކްސިމް މާޗެންކޯ ވަނީ ވިދާޅުވެފައެވެ. މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ވެސް ގެއްލުން ލިބުނު ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރީޖަނަލް އެޑްމިނިސްޓްރޭޝަންގެ ޗީފް އޮލެގް ސިނެގުބޯވް ވިދާޅުވީ ގާތްގަނޑަކަށް 15 މިސައިލް ހަމަލާ ދީފައިވާ ކަމަށާއި، ހަމަލާތައް އަމާޒުވެފައިވަނީ އުމްރާނީ ވަސީލަތްތަކަށް ކަމަށެވެ.

އޭގެ ތެރޭގައި ހުޅަނގުން ވައިނިޓްސިއާ އާއި ރިވްނޭ އާއި މެދުގައި ޑިނިޕްރޯ އާއި ޕޮލްޓާވާ ހިމެނެއެވެ.

އެމެރިކާގެ ޑިރެކްޓާ އޮފް ނޭޝަނަލް އިންޓެލިޖެންސް އެވްރިލް ހެއިންސް ބުދަ ދުވަހު ވިދާޅުވީ، އެތައް އަހަރެއް ވަންދެން ހަނގުރާމަ ކުރިއަށް ގެންދަން ޕޫޓިން ގަސްތުކުރައްވާ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް ވަރުގަދަ އާ ހަމަލާތަކެއް ރަޝިޔާއަށް ނުދެވޭ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ރަޝިއާއިން ޔޫރޭނާއި ދެކޮޅަށް ހިންގަމުންދާ އޮޕުރޭޝަނަކީ އެމީހުންގެ ސަލާމަތަށްޓަކައި ހިންގަމުންދާ އޮޕްރޭޝަނެއް އަޅުގަނޑުގެ ސުވާލަކީ ފަލަސްތީނުގެ ރައިޔަތުންނާއި ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ޖަރީމާއި ކުރިމަތިލުމަ ފަލަސްތީނުގެ ރައިޔަތުންނަ އެެރިކާއިން ހަތިޔާރު ނުދެނީ ކީއްވެގެން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *