logo minivan

English

ބުރާސްފަތި, 25 ޖުލައި 2024
ނައިޖީރިޔާގެ ޔޫތް މިނިސްޓަރު ސަންޑޭ ޑެއާ ފޮޓޯ: ޔޫތް މިނިސްޓްރީ (ނައިޖީރިއާ)

ނައިޖީރިޔާގެ ޔޫތް މިނިސްޓަރަށް ރާއްޖެއިން ހާއްސަ އެވޯޑެއް ދެނީ

ނައިޖީރިއާގެ މިނިސްޓަރ އޮފް ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސަންޑޭ ޑެއާއަށް ރާއްޖެއިން ހާއްސަ އެވޯޑެއް އަރުވާ ގޮތަށް ނިންމާފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

ރާއްޖޭގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްއާ ހަވާލާދެއްވައި ނައިޖީރިއާގެ ސަރުކާރުގެ ނޫހެއްގައި ރިޕޯޓްކޮށްފައިވާ ގޮތުން ޑެއާއަށް އެ އެވޯޑް އަރުވަނީ ނައިޖީރިއާ އާއި އެފްރިކާގެ ކުޅިވަރު ކުރިއެރުވުމަށް ޑެއާ ކޮށްދެއްވާފައިވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

"ތިބޭފުޅާ (ޑެއާ) ގައުމާއި އެފްރިކާ ސަރަހައްދުގެ ކުޅިވަރު ކުރިއެރުވުމަށްޓަކައި ތިޔަ ކުރައްވާފައިވާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އަޅުގަނޑުމެން ތިޔަބޭފުޅުންނަށް "ސްޕެޝަލް ރިކޮގްނިޝަން އެވޯޑް" ދޭނަން،" މަހުލޫފް ވިދާޅުވިއެވެ.

ނައިޖީރިއާގެ ޔޫތް މިނިސްޓަރަށް އެ އެވޯޑް އަރުވަން ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހު ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފުލާގައެވެ. އެ ހަފްލާގައި ކުރީ އަހަރެކޭ އެއްގޮތަށް ކުޅިވަރުގެ ދާއިރާއިން އެކިއެކި ގޮތްގޮތުން ފާހަގަކޮށްލެވޭ ފަރާތްތައް އަގުވަޒަންކޮށް އެވޯޑް ދޭނެއެވެ.

މިދިޔަ އަހަރު ބޭއްވި އެވޯޑް ހަފުލާގައި ޖުމުލަ 18 ކުޅިވަރަކުން 108 އެވޯޑް ދީފައިވެއެވެ. އެވޯޑް ހަފްލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ނައިޖީރިއާގެ ޔޫތް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ކުޅިވަރު ކުރިއަރުވަން ކުރައްވަމުންދާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ޑެއާއަށް ވަނީ ޕަބްލިކް ސާވިސްގެ ދާއިރާއިން އެކްސެލެންސް އެވޯޑާއި، ނޭޝަނަލް ޓެލެގްރާފް މޯސްޓް އިނޮވޭޓިވް މިނިސްޓަރުގެ އެވޯޑާއި، ބްލޫޕްރިންޓް ސްޕޯޓްސް އައިކަން އޮފް ދަ އިޔާގެ އެވޯޑާއި، އެމެރިކާގެ ޔޫތު އެވޯޑް ފަދަ ތަފާތު އެވޯޑްތައް ލިބިވަޑައިގެންފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *